ރަނގަޅު ހިންހަމަ ޖެހޭ އުފާވެރި ދުވަހެއްގެ ފެށުމަށް ހެނދުނުގެ ނާސްތާއަކީ ހަމަ ކޮންމެހެން ބޭނުންވާނެ އެއްޗެކެވެ. ހެނދުނުގެ ނާސްތާ އާއި ނުލާ ދުވަސް ފަށާނަމަ އެ ދުވަހެއްގައި މާ ބުރަދަން ހުރި މަސައްކަތެއް ނުވަތަ ކަމެއް ކުރެވިދާނެ ކަމަކަށް ނުބެލެވެ އެވެ. އެހެންކަމުން ހެނދުނުގެ ނާސްތާ ކުރުން ވެގެން މިދަނީ ވަރަށް މުހިންމު ކަމަށެވެ. އެގޮތުން ރަނގަޅު ހަށިގަނޑަށް ފައިދާހުރި ބާވަތްތައް ހިމަނައިގެން ނާސްތާ ކޮށްލުމަކީ ކޮންމެހެންވެސް މުހިންމު ކަމަކެވެ. އެހެންނަމަވެސް އަހަރެމެންނަށް އެނގިގެން ނުވަތަ ނޭންގި ނަމަވެސް ހެނދުނުގެ ނާސްތާގައި ބޭނުން ކޮށްގެން ނުވާނެ ބާވަތައް ބޭނުން ކުރެއެވެ.
އާންމުކޮށް ހެނދުނުގެ ނާސްތާއަށް ގިނައިން ފޮނި ކާތަކެތި ބޭނުން ކުރާ މީހުން މަދެއް ނޫނެވެ. މިއީ ރަނގަޅު ގޮތެއް ކަމަކަށް ސިއްޚީ މާހިރުން ނުދެކެއެވެ. ހެނދުނުގެ ނާސްތާއަށް މާގިނައިން ފޮނި ކާތަކެތި ނޭނުން ކުރުމަކީ އެކަމުން ސިއްޚަތަށް ގެއްލުންތަކެއް ވާ ކަމަކެވެ.
އަޅުގަނޑުމެން އާންމުކޮށް ހެނދުނުގެ ނާސްތާއަށް ބޭނުންކުރާ އެއްބާވަތަކީ ހަކުރު އެކުލެވިގެންވާ ސީރިއަލްގެ ބާވަތްތަކެވެ. ބައެއް ވައްތަރުގެ ސީރިއަލް ގައި އަނގައަށް މީރު ކޮށްލުމުގެ ގޮތުން ހަކުރު އެއްކޮށްފައި ހުރެއެވެ. މިފަދަ ހަކުރަކީ ހެނދުނުގެ ނާސްތާގައި ހިމެނުން ރަނގަޅު ނޫން އެއްޗެކެވެ. އެންމެ ރަނގަޅު ގޮތަކީ މި ބާވަތުގެ ސީރިއަލް ގެ ބަދަލުގައި ހަކުރު އެކުލެވިގެން ނުވާ ފައިބަރ އާއި ޕްރޮޓީން އެކުލެވިގެންވާ ސީރިއަލް އެއް ބޭނުން ކުރުމެވެ. ވޯލްނަޓަކީ މިގޮތުން ބަލާއިރު އެއާ ވާދަ ނުކުރެވޭނެ ދެވަނަ އެއްޗެއް ނެތް ވަރުގެ މޮޅު ކާނާ އެކެވެ.
އެހެންކަމުން ހެނދުނުގެ ނާސްތާއަށް މިދެންނެވި ބާވަތްތަކުގެ ހަކުރު އެކުލެވިގެން ނުވާ ފައިބަރ އާއި ޕްރޮޓީން އެކުލެވިގެންވާ ސީރިއަލް އެއް ބޭނުން ކުރުން މުހިންމެވެ.
ބައެއްހޯދުންތަކުން ދައްކާ ގޮތުގައި ހެނދުނުގެ ނާސްތާއަށް ހަކުރު އެކުލެވބޭ ފޮނި ބާވަތްތައް ބޭނުންކުރުމަކީ ހަކުރުބަލިފަދަ ބަލިތައް ޖެހުން ގާއްކަމެކެވެ. އެހެން ކަމުން މިކަމަށް ވަރަށް ބޮޑަށް ވަމާލުވާން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް