ސިކުނޑިއަށް ލޭ އެޅުނު ކުއްޖާ މަރުވެއްޖެ

ލ. ކަޅައިދޫގައި ހިނގި އެކްސިޑެންޓެއްގައި ސިކުނޑިއަށް ލޭ އެޅުނު ކުއްޖާ މަރުވެއްޖެ އެވެ. އައިޖީއެމްއެޗުން ބުނީ އެ ކުއްޖާއަށް އެ  ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މަރުވީ ރޭ މެންދަމު 1:45 ހ...

01 Feb 2017 | 08:27

ލ. ކަޅައިދޫގައި ހިނގި އެކްސިޑެންޓެއްގައި ސިކުނޑިއަށް ލޭ އެޅުނު ކުއްޖާ މަރުވެއްޖެ އެވެ.

އައިޖީއެމްއެޗުން ބުނީ އެ ކުއްޖާއަށް އެ  ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މަރުވީ ރޭ މެންދަމު 1:45 ހާއިރު ކަމަށެވެ.

އުމުރުން 14 އަހަރުގެ އަހުމަދު ވިޝާލް މަރުވީ އެކްސިޑެންޓުގައި ބޮލަށް ލިބުނު އަނިޔާތަކާއި ގުޅިގެން ސިކުނޑި މަރުވެފައިވާތީ ފަރުވާދެމުން ދަނިކޮށެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އެ އެކްސިޑެންޓުވީ ތިން ކުއްޖަކު ދަންވަރަރު ސައިކަލް ދުއްވަނިކޮށް ދެ ސައިކަލު ޖެހިގެންނެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް