ޔަމަންގެ އަވަށެއްގެ މީހުންގެ ލޮލަށް ފެންނަނީ ހަމަ އެކަނި ރޭގަނޑު !

ނޫސްތަކުން މި ފަހަކަށް އައިސް ޔަމަން ބެހޭގޮތުން މުޅީންވެސް އަޑު އިވެނީ އެގައުމުގެ ދާހިލީ ހަނގުރާމައިގެ ވާހަކަ އެވެ. ނަމަވެސް މި ފަހަރު މިއޮތީ ތަފާތު ވާހަކަ އެކެވެ. އެއީ އެ ގައުމުގެ ވެރިރަށް ސަނާގެ ރަށ...

31 Jan 2017 | 22:23

ނޫސްތަކުން މި ފަހަކަށް އައިސް ޔަމަން ބެހޭގޮތުން މުޅީންވެސް އަޑު އިވެނީ އެގައުމުގެ ދާހިލީ ހަނގުރާމައިގެ ވާހަކަ އެވެ. ނަމަވެސް މި ފަހަރު މިއޮތީ ތަފާތު ވާހަކަ އެކެވެ.

އެއީ އެ ގައުމުގެ ވެރިރަށް ސަނާގެ ރަށްބޭރުގައި އޮންނަ ފަގީރު އަވަށެއް ކަުގައިވާ ޚަޝާބާ އަވަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ސިއްހީ ހާލަތެއްގެ ވާހަކަ އެވެ. ޔަމަނުގެ ބައެއް ނޫސްތަކުގައިވާގޮތުގައި މި މީހުންގެ ލޮލަށް ފެންނަނީ ހަމަ އެކަނި ރޭގަނޑު ވަގުތު ވުމުންނެވެ. އިރު އޮއްސުމަށް ފަހު އިރު އެރުމާއި ހަމަ އަށެވެ. ދުވާލު ވަގުތު ލޮލުގެ ފެނުން ކޮންމެވެސް ވަރަކަށް ހުންނަ ކަމަށާއި ނަމަވެސް އެއްޗެއް ސާފުވާވަރަށް ފެނުން ނުހުންނަ ކަމަށް ބުނެފައި ވެ އެވެ.

ސިއްހީ މި ހާލަތު ދިރާސާ ކުރަމުން އަންނަ ޑޮކްޓަރެއް ކަމުގައިވާ ޑރ. ހުސެއިން އަލް ނުފައިލީ އާއި ހަވާލާދީ ޔަމަންގެ ނޫސްތަކުގައިވާގޮތުގައި އެ ސިއްހީ ހާލަތަކީ ޖެނެޓިކް ހާލަތެކެވެ. އަދި އެ ހާލަތު ދިމާވުމުން ދުވާލު ވަގުތު ލޮލަށް ފެނުން ގާތްގަނޑަކަށް ނުވަ އިންސައްތައަށް ދައްވާކަމުގައި އެ ޑޮކްޓަރު ބުނެފައި ވެ އެވެ. އަދި އެ ބައްޔަކީ ފަރުވާ ކުރެވޭ ބައްޔެއް ނޫން ކަމާއި ނަމަވެސް ހާއްސަ އަވި އައިނެއްގެ އެހީގައި ލޮލުގެ ފެނުމަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ގެނެވިދާނެ ކަމުގައި އެ ޑޮކްޓަރު ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް