ސަތޭކައަށްވުރެ މީހުންގެ ކަރު ބުރިކޮށްފައިވާ، އައިއެސްގެ "އަބޫ ސައްޔާފް" އަށް ބަޔަކު ހަމަލާދީ މަރާލައިފި

މެދުއިރުމަތީގެ ގައުމުތަކުގައި އިސްލާމީ ވަކި ހިލާފަތެއް އިއުލާނުކޮށް އެ ހިލާފަތު ދެމެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ އައިއެސް ޖަމާއަތުގެ ޕްރޮޕެގަންޑާ ވީޑިއޯތަކުގައި މީހުންގެ ކަރު ބުރިކުރާކަމަށް ބ...

31 Jan 2017 | 22:09

މެދުއިރުމަތީގެ ގައުމުތަކުގައި އިސްލާމީ ވަކި ހިލާފަތެއް އިއުލާނުކޮށް އެ ހިލާފަތު ދެމެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ އައިއެސް ޖަމާއަތުގެ ޕްރޮޕެގަންޑާ ވީޑިއޯތަކުގައި މީހުންގެ ކަރު ބުރިކުރާކަމަށް ބުނެވޭ އަބޫ ސައްޔާފް ނަމަކަށް ކިޔާ މީހާއަށް މަގުމަތިން ބަޔަކު ހަމަލާދީ މަރާލައިފި އެވެ.

އަރަބި ބައެއް ނޫސްތަކުގައި ބުނެފައިވަނީ އަބޫ ސައްޔާފަށް ބަޔަކު ވަޅިން ހަމަލާދީ މަރާލާފައިވަނީ އިއްޔެގެ ވަގުތެއްގައި އިރާގުގެ ނިނެވާ ސިޓީގަ އެވެ.

މީޑިއާ ރިޕޯޓްތަކުގައިވާގޮތުގައި އަބޫ ސައްޔާފް ވަނީ 100 އަށްވުރެ ގިނަ މީހުންގެ ކަރު ބުރިކޮށްފަ އެވެ. އަދި އޭނާ މަޝްހޫރުވެފައިވަނީ ބުރި ކުރާ ކަރުތައް ނިނެވާ ޕްރޮވިންސްގެ ވަކި ސަރަހައްދަކަށް އުކާލާ މީހެއްގެ ގޮތުގައި ކަމުގައި މީޑިއާ ރިޕޯޓްތަކުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް