ނ. ލަންދޫ އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ނ. ލަންދޫ އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މާލެއިން ފުރައިގެން ލަންދޫއަށް ދިޔަ ބޯޓަކުން މަސްތުވާތަކެތި ގެންދާ ކަމުގެ މައުލޫމާތު ލިބިގެން މިމަހުގެ 29 ވ...

01 Feb 2015 | 08:07

ނ. ލަންދޫ އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މާލެއިން ފުރައިގެން ލަންދޫއަށް ދިޔަ ބޯޓަކުން މަސްތުވާތަކެތި ގެންދާ ކަމުގެ މައުލޫމާތު ލިބިގެން މިމަހުގެ 29 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ހަށިގަނޑާއި ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު އޭނާ ގެނައި ޕްލޭސް ސްޓޭޝަނެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގަ ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ނ.ޅޮހީ ކޯޓަށް ހާޒިރު ކުރުމުން ވަނީ ހޯމް މިނިސްޓްރީން ކަނޑަައޅާތަނެއްގައި 10 ދުވަސް ބަހައްޓައިގެން ތަހުގީގު ކުރުމުގެ ހުއްދަ ދީފައި އެވެ.

މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް