ޕާކިސްތާނުގައި ހުންނަވާ ސަފީރު ކަމަށް ސަލީމް އައްޔަން ކުރަން މަޖިލީހަށް ނަން ފޮނުވައިފި

ރާއްޖެ އިން ޕާކިސްތާނަށް ކަނޑައަޅާ ސަފީރަކަށް މ. މާހުރާ އަހުމަދު ސަލީމު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާ...

01 Feb 2015 | 06:22

ރާއްޖެ އިން ޕާކިސްތާނަށް ކަނޑައަޅާ ސަފީރަކަށް މ. މާހުރާ އަހުމަދު ސަލީމު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މ. މާހުރާ އަހުމަދު ސަލީމު ޕާކިސްތާނުގެ ސަފީރުކަމަށް އައްޔަންކުރެއްވުމަށް ރައީސް ޔާމީން މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

ސަލީމު އަކީ މީގެ ކުރިން ހިއުމަންރައިޓް ކޮމިޝަނުގެ ރައީސް ކަމާއި ސާކުގެ ސެކެޓްރީ ޖެނެރަލްކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ޕާކިސްތާނުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމު މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސް ޔާމީން މަޖިލީހަށް ނަމެއް ފޮނުއްވީ ކުރިން އެމަގާމުގައި ހުންނެވި މޫސާ އަލީ ޖަލީލު ޑިފެންސް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވުމަށް ފަހު ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް