އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ވެލާާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް!

ރާއްޖެއަށް މިއަހަރު ޒިޔާރަތް ކުރި ފުރަތަމަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ރާއްޖެއަށް މިއަހަރު އެންމެ ފުރަތަމަ ޒިޔާރަތްކުރި ފަތުރުވެރިޔާއަކީ ލުއިސް ނަ...

01 Jan 2025 | 10:48

ރާއްޖެއަށް މިއަހަރު ޒިޔާރަތް ކުރި ފުރަތަމަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ރާއްޖެއަށް މިއަހަރު އެންމެ ފުރަތަމަ ޒިޔާރަތްކުރި ފަތުރުވެރިޔާއަކީ ލުއިސް ނަމަކަށް ކިޔާ ސްޕެއިންއަށް ނިސްބަތްވާ ރައްޔިތެކެވެ. އޭނާ ރާއްޖެ އައީ އޭނާގެ އަންހެނުންނާއި ދަރިފުޅާއެކުއެވެ.

ލުއިސް ވަނީ މީގެކުރިން ވެސް ރާއްޖެއަށް އެތައް ފަހަރަކަށް ޒިޔާރަތްކޮށްފައެވެ. މިއީ އޭނާ ރާއްޖެއަށް ޒިޔާރަތްކުރި11 ވަނަ ފަހަރެވެ. އޭނާ ރާއްޖެ ސިފަ ކުރަނީ ދެވަނަ ގޭގެ ގޮތުގައެވެ.

ނިމިދިޔަ2024 ވަނަ އަހަރަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އަހަރެވެ.އެގޮތުން12024 ވަނަ އަހަރު ތެރޭގައި ރާއްޖެއަށް ވަނީ2 މިލިއަނަށް ވުރެން ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް