ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގެ ވޯޓާވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެއްޖެއެވެ.
އެމްއެންޑީއެފް އިން ބުނެފައިވާގޮތުގައި ހާދިސާގެ މަޢުލޫމާތު ލިބުމުން އެފްއާރުއެސްގެ ސިފައިން ވަނީ އެ ރިސޯޓަށް ގޮސް ހަރަކާތްތެރިވެފައި ކަމަށާއި ރޭ ދަންވަރު ހިނގި މި ހާދިސާގައި އަލިފާން ރޯވީ އެ ރިސޯޓްގެ ވޯޓަރވިލާއެއްގެ ފުރާޅުގައި ކަމަށެވެ. ހާދިސާ ހިނގުމުން ރިސޯޓްގެ މުވައްޒަފުން އަލިފާން ކޮންޓްރޯލްކޮށް ނިއްވާލި ކަމަށްވެސް ބުނެފައިވެއެވެ.
އެމްއެންޑީއެފް އިން އިތުރަށް ބުނެފައިވަނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާކަމަށާއި ނަމަވެސް ވޯޓަރވިލާގެ ފުރާޅަށާއި ސީލިންގއަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް