ގއ. ނިލަންދޫ ނެރުމައްޗަށް ދޯންޏެއް އުރިގެން އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި

ގއ.ނިލަންދޫ އަށް ވަންނަން ދަތުރުކުރަމުން ދިޔަ "ސައުތު ލައިން" ނަމަކަށްކިޔާ ސަޕްލައި ދޯންޏެއް އެ ރަށު ނެރުމައްޗަށް އުރިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އެހީތެރ...

01 Jan 2024 | 08:11

ގއ.ނިލަންދޫ އަށް ވަންނަން ދަތުރުކުރަމުން ދިޔަ "ސައުތު ލައިން" ނަމަކަށްކިޔާ ސަޕްލައި ދޯންޏެއް އެ ރަށު ނެރުމައްޗަށް އުރިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

11 ފަޅުވެރިންނާއެކު ދަތުރުކުރަމުންދިޔަ މި ދޯނި، ނެރުމައްޗަށް އުރުނު ކަމުގެ މަޢުލޫމާތު ރޭ (31 ޑިސެންބަރު) 20:36 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަން ލިބުމާއެކު، ސިފައިންވަނީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

އެ ބޯޓު ނެރު މައްޗަށް އުރި، ބޯޓުގެ ކުރީކޮޅު ބަނޑުދަށް ފަރާތުން ފަޅައިގެންގޮސް ދިޔަވަމުންދާތީ ޕަންޕު ޖައްސައިގެން ފެން ހިއްކައި އަދި ފަޅައިގެންގޮސްފައި އޮތް ތަން ބެއްދުމުގައި ކޯސްޓްގާޑުގެ ޑައިވަރުންވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ބޯޓުގެ ފަޅައިގެންގޮސްފައިވާ ތަން ބައްދައި، ރޭ މެންދަމު 3:19 ހާއިރު އެ ބޯޓު ވަނީ ވެރިފަރާތުން ގެނައި އިތުރު ދޯންޏެއްގެ އެހީގައި ކަފުޖަހައިގެން ގއ.ނިލަންދޫ ބަނދަރަށް ވައްދާފައެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގައި ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ. އަދި ބޯޓު ނެރުމައްޗަށް އުރުނު އިރު ބޯޓުގައި އެއްވެސް މުދަލެއް ނެތްކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް