ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ފުލެޓްތަކުގެ ޕަމްޕް ރޫމްއަށް އަސަރުކޮށްފައިވާކަމަށް އާބަންކޯ އިން ބުނެފިއެވެ.
އާބަންކޯ އިން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ހުޅުމާލެ ފުލެޓް 14-82، 11-13، ކޮރަލްވިލް އަދި މާލޭގައި ހުންނަ ޓާޓާ ފުލެޓްތަކުގެ ޕަމްޕް ރޫމްތަކަށް އަސަރުކޮށްފައިވާ ކަމަށެވެ.
ޕަމްޕު ރޫމްއަށް ފެނުގެ އަސަރު ކުރުމާއި ގުޅިގެން ވަޅު ފެން އެ ފުލެޓްތަކަށް ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވަމުން ދާކަމަށާއި، އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އާބަންކޯ އިން މައުލޫމާތުދެއެވެ.
މާލެއާއި އަތޮޅު ތެރޭގެ ރަށްތަކަށްވެސް ވިއްސާރައާއި ގުޅިގެން ގެއްލުންތައް ލިބިފައިވާއިރު، ފުލުހުން އަދި ކައުންސިލްތައް ގުޅިގެން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް