ކިއުބާގެ ނެޝަނަލް ލިބަރޭޝަން ޑޭގެ ތަހުނިޔާ އެޤައުމުގެ ރައީސާއި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކިއުބާގެ ނެޝަނަލް ލިބަރޭޝަން ޑޭގެ ތަހުނިޔާއާ ހެޔޮއެދުންތައް އެޤައުމުގެ ރައީސް މިގޭލް ޑިއާޒް-ކެނެލް ބާމުޑޭޒް އަށާއި ކިއުބާގެ ބޮޑު ވަޒީރު މެނުއެލް މަރޭރ...

01 Jan 2024 | 06:43

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކިއުބާގެ ނެޝަނަލް ލިބަރޭޝަން ޑޭގެ ތަހުނިޔާއާ ހެޔޮއެދުންތައް އެޤައުމުގެ ރައީސް މިގޭލް ޑިއާޒް-ކެނެލް ބާމުޑޭޒް އަށާއި ކިއުބާގެ ބޮޑު ވަޒީރު މެނުއެލް މަރޭރޯ ކްރޫޒް ފޮނުއްވައިފިއެވެ.

ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި ކިއުބާގެ 1959ވަނަ އަހަރުގެ އިންގިލާބުގެ އަހަރީ ދުވަހުގެ ތަހުނިޔާއާ އިޙްލާޞްތެރި ހެޔޮއެދުންތައް އެޤައުމުގެ ރައީސްއާ ބޮޑުވަޒީރަށާއި އަދި އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވިއެވެ.

ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަސް ކިއުބާގައި ފާހަގަކުރަނީ ކިއުބާގެ ކުރީގެ ރައީސް ފިޑެލް ކާސްޓްރޯ އިސްވެ ހުންނަވާ ގެންނެވި އިންގިލާބުގެ ކާމިޔާބީ ފާހަގަކުރުމަށް ލިބަރޭޝަން ޑޭ ގެ ގޮތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް