ކުނި އަޅާ 18 ސަރަހައްދެއް ފާހަގަކޮށް، އެތަންތަނަށް ކުނިނޭޅުމަށް މާލެ ސިޓީ ކައުންސިލުން އެދިއްޖެ

އާންމުކޮށް ކުނި އަޅާކަމަށް ފާހަގަ ކުރެވިފައިވާ 18 ސަރަހައްދެއް ފާހަގަކޮށް އެ ސަރަހައްދުތަކަށް ކުނި ނޭޅުމަށް މާލެ ސިޓީ ކައުންސިލުން އެދިއްޖެއެވެ. އާންމުކޮށް މާލޭގެ ކުނިއަޅާ ސަރަހައްދުތައް ކަމަށް ބުނެ ސ...

01 Jan 2023 | 12:09

އާންމުކޮށް ކުނި އަޅާކަމަށް ފާހަގަ ކުރެވިފައިވާ 18 ސަރަހައްދެއް ފާހަގަކޮށް އެ ސަރަހައްދުތަކަށް ކުނި ނޭޅުމަށް މާލެ ސިޓީ ކައުންސިލުން އެދިއްޖެއެވެ.

އާންމުކޮށް މާލޭގެ ކުނިއަޅާ ސަރަހައްދުތައް ކަމަށް ބުނެ ސިޓީ ކައުންސިލުން މިއަދު އާންމުކުރި ލިސްޓުގައި ގަލޮޅުގެ ފަސް ސަރަހައްދަކާއި ހެންވޭރުގެ ހަތަރު ސަރަހައްދަކާއި މާފަންނުގެ ހަތަރު ސަރަހައްދަކާއި މައްޗަންގޯޅީގެ ހަތަރު ސަރަހައްދެއް ހިމެނެއެވެ.

މި ލިސްޓު އާންމުކޮށް ސިޓީ ކައުންސިލުން ބުނީ ކުނި ބަހައްޓާ ފަރާތެއް ފެނިއްޖެނަމަ އެ ފަރާތަކަށް ނަސޭހަތް ދީ ހުއްޓުވާ، ނުހުއްޓުވިއްޖެ ނަމަ އެ ކައުންސިލްގެ ކޯލް ސެންޓަރ 1622 އަށް ރިޕޯޓުކޮށް ކޮށްދިނުމަށް އެދޭ ކަމަށެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ހުރިހާ އެންމެން ވެސް ފަރުދީ ޒިންމާ އަދާކޮށް، މިއިން އެއްވެސް ސަރަހައްދެއްގައި މީގެ ފަހުން ކުނި ނުބެހެއްޓުމަށް އެދިފައެވެ.

މީގެ އިތުރުން ސިޓީ ކައުންސިލުން ވަނީ ރައްޔިތުން ފަރުދީ ޒިންމާ އަދާކޮށް މާލެ ޒީނަތްތެރިކޮށް ބޭއްވުމަކީ އެންމެންގެ ކަމެއްގެ ގޮތުގައި ދެކިގެން އެ ސަރަހައްދުތަކުގައި ކުނި ނުބެހެއްޓުމަށް އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް