މާލޭ ފަޅުގައި ގިނަ އަދަދަކަށް ކަޅުތެޔޮ

ރަސްމީ ފާލަމާއި 3 ނަންބަރު ޖެޓީއާ ދެމެދު ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅިފައިވާ ކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފުން އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެމްއެންޑީއެފުން މިއަދު ބު...

01 Jan 2023 | 11:04

ރަސްމީ ފާލަމާއި 3 ނަންބަރު ޖެޓީއާ ދެމެދު ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅިފައިވާ ކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފުން އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އެ ސަރަހައްދަށް ކަޅުތެޔޮ އެޅިފައިވާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފްގެ އެމްއާރުސީސީއަށް މިއަދު ހެނދުނު 09:10 ހާއިރު ލިބުމާއިއެކު ކޯސްޓްގާޑްގެ ޑައިވަރުންނާއި އޮއިލް ޕޮލިއުޝަން ރެސްޕޮންސް ޓީމުން ދަނީ މޫދަށް އެޅިފައިވާ ކަޅުތެޔޮ ނެގުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

އަދި ރަސްމީ ފާލަން ސަރަހައްދަށް އެޅިފައިވާ ކަޅުތެޔޮތައް ނެގުމަށް ބޫމިންގ ބޭނުންކޮށްގެން، ކޮންޓެއިންކޮށް އަދިވެސް ތެޔޮތައް ނަގަމުންދާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ އެމްޕީއެލް ސަރަހައްދުން ފެނިފައިވާ ކަޅުތެޔޮތައް ނިޔުޓްރޮލްކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން ކަމަށެވެ.

https://twitter.com/dhuvasmv/status/1609504962798817282

އެމްއެންޑީއެފުން ބުނީ މިކަމުގައި ކޯސްޓްގާޑުގެ ސިފައިންނަށް އެހީތެރިވުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނާއި މާލެ އޭރިއާ މެރީންސާއި މެރިން ޕޮލީސްގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ފަރާތުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް