މި ފެށުނު 2023 ވަނަ އަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މި ޝަރަފު ލިބުނީ ރަޝިޔާގެ ފަތުރުވެރިއެއްކަމުގައިވާ ނިކޮލައި ސްޓްރެޓިޗަކަށެވެ. މި ފަތުރުވެރިޔާ ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނު 06:00 ހާއިރު އެތިހާދު އެއާލައިންސްގެ ފްލައިޓަކުންނެވެ.
ނިކޮލައި އަށް އެމްއެމްޕީއާރްސީ އާއި ޓޫރިޒަމް މިނިސްޓްރީއާއި އިމިގްރޭޝަނާއި އެމްއޭސީއެލްގެ އިތުރުން އެއާޕޯޓްގައި ގާއިމްކޮށްފައިވާ ބައެއް އައުޓްލެޓްތަކުން ނިކޮލައިއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
ނިކޮލައިއަށް މި ލިބުނު ޝަރަފާއެކު ހަދިޔާއެއްގެ ގޮތުގައި އޭނާއަށް ރ. އަތޮޅު ރީތިފަރު ރިސޯޓުގައި ފަސް ރޭގެ ހުރުމެއްވަނީ ހަދިޔާކޮށްފައެވެ. މީގެ އިތުރުން އެމްއެމްޕީއާރްސީއާއި އެމްއޭސީއެލްގެ އިތުރުން ޓޫރިޒަމް މިނިސްޓްރީއާއި ދިރާގުންވެސް އޭނާއަށް ހަދިޔާ ދީފައިވެއެވެ.
މި އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ރާއްޖެއިން ހޫނު މަރުހަބާއެއް ކިޔާފައިވާއިރު ސަރުކާރުގެ މި އަހަރުގެ އަމާޒަކީ 1.8 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް