އިިންޑިއާގެ އެންމެ މުއްސަނދި މީހާ ކަމަށްވާ މުކޭޝް އަމްބާނީގެ ދަރިފުޅުނު އަނަންދް އަމްބާނީގެ އެންގޭޖްމެންޓާއި އެކު ގިނަ ބައެއްގެ ފާޑުކިޔުން އެއާއިލާއަށް އަމާޒުވެއްޖެ އެވެ.
އަނަންދު ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ މުމްބާއީގެ ފާމަސޫޓިކަލް ކޮމްޕެނީއެއްގެ ސީއީއޯއެއްގެ ދަރިއެއް ކަމަށްވާ ރާދިކާ މާޗަންތާއި އެވެ. ދެމީހުންގެ މިދިޔަ ހަފްތާގައި އެންގޭޖްވީންސުރެ އެ ނޫން ވާހަކައެއް އިންޑިއާގެ މީޑިއާގައި ނެތެވެ،
ޕަޕަރާޒީންނާއި ނޫސްތަކުގައި އަނަންދާއިި ރާދިކާގެ އެންގޭޖްމެންޓުގެ ވާހަކައިން ފެށިގެން އެއާއިލާއިން ގަބޫލު ކުރާ ދީނީ އަޅުކަންތައް ފުރިހަމަ ކުރުމަށް އިންޑިއާގެ އެކި ސިޓީތަކަށް ކުރަމުންދާ ދަތުރުގެ އެންމެ ފަހުގެ މައުލޫމާތު ދަނީ ހިމަނަމުންނެވެ. އެންގޭޖްމެންޓު ހަފްލާއަށް އިންޑިއާ އާއި ބޮލީވުޑްގެ މަޝްހޫރު ފަންނާނުންނަށް ދައުވަތު ދިނެވެ.
އެ އުފާވެރިކަމާއި އެކު މުއްސަނދި އަމްބާނީ ގަނޑުވަރު ދިއްލާލި އިރު އެމީހުން ކާރުގައި ދަތުރު ކުރަމުންދަނީ އަމިއްލަ ސެކިއުރިޓީންގެ އިތުރުން ސިފައިންނާއި ފުލުހުންގެ ސެކިއުރިޓީގައި އެވެ. އަލަށް އެ އާއިލާއަށް އިތުރުވާ މެމްބަރު ރާދިކާ ބަލައިލައިން އެތައް ހާސް ބަޔަކު އެމީހުން ދަތުރު ކުރާ ކޮންމެ މަގަކާއި ތަނަކަށް އެއްވެ އެވެ.
މީގެ ތެރެއިން އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުން ދަނީ އަނަންދާއި ރާދިކާގެ ޖޯޑަށެވެ. ސޯޝަލް މީޑިއާގައި ފާޑުކިޔަމުންދާ މީހުން ބުނަނީ އަނަންދު އެހާ ފަލަކޮށް ހުއްޓަ ރާދިކާ ކަހަލަ ހިކި ލޫޅާފަތި ކުއްޖަކު އޭނާ އާއި ކައިވެނި ކުރާތަން އުޅޭތަން ފެނުމުން ދޭހަވަނީ އެންމެ ކަމެއް ކަމަށެވެ.
އެއީ ފައިސާ ހުރިއްޔާ ލޯތްބަކީ އެއްވެސް އެއްޗެއް ނޫން ކަމެވެ. ކައިވެނި ކުރާ މީހާގެ ސިފައެއް ނެތަސް ފައިސާ ހުރިނަމަ މުއްސަނދި ދިރިއުޅުމެއް އުޅޭވޭތެނެތީ އެ ދިރިއުޅުމަށް ލޯބި ބޭނުން ނުވާކަން އެ ޖޯޑުން އެނގޭ ކަމަށް ބުނެފައިވެ އެވެ.
ފަހަރެއްގައި އަނަންދާއި ރާދިކާގެ ޖޯޑަށް ފާޑުކީ އިންޑިއާ މީހުންނަށް އެމީހުންނާއި ގުުޅޭ މައުލޫމާތު ނޭނގިފަ ވުމަކީ އެކަށީގެންވާ ކަމެކެވެ. ރިޕޯޓުތައް ބުނާގޮތުގައި އަނަންދާއި ރާދިކާ އަކީ ކުޑައިރުންސުރެ ދެ އެކުވެރިންނެވެ. އަދި އަނަންދު ވަރަށް ހިކި އިރުވެސް ދެ މީހުން އެކުގައި ނަގާފައިވާ މަދު ފޮޓޯތަކެއް އެމީހުންގެ ފޭން ޕޭޖުތަކުގައި އާންމު ކޮށްފައިވެ އެވެ.
ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މިދިޔަ ހަފްތާގައި އެމީހުން ރަސްމީކޮށް އެންގޭޖްވިކަން ހާމަ ކުރިޔަސް، 2018 ވަނަ އަހަރު ދެފަރާތުގެ އާއިލާގެ ހާޒިރުގައި ދެމީހުން ވަނީ ސިއްރުން އެންގޭޖްވެފައި އެވެ. އެއީ އޭގެ ފަހުން ބާއްވާ އަމްބާނީ އާއިލާ އަދި އަނަންދް ބައިވެރިވާ ހަފްލާތަކުން ރާދިކާ ފެނިފައިވާތީ އެވެ. އޭރު އަނަންދު މިހާރަށްވުރެ ހިތްކެވެ.
އަމާޒުވަމުންދާ އެފަދަ ފާޑުކިޔުންތަކާއި ގުޅިގެން އަމްބާނީ އާއިލާއަށް ތާއީދުކޮށް، ކޮށްފައިވާ ރިޕޯޓުތަކުގައި ބުނެފައިވަނީ އެކައިވެނިން ފެނިގެންދަނީ މީހާގެ ސިފަ އާއި ހަށިގަނޑަށް އަންނަ ބަދަލަކީ ދެމީހުންގެ މެދުގައި އޮތް ލޯތްބަށް ބަދަލު އަންނަން ޖެހޭ ކަމެއް ނޫން ކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް