ވިލިމާލެއިން ތެޔޮބޯޓެއްގައި ފުރި ދެ މީހެއްގެ ހަބަރު ނުވެގެން އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ
ފުލުހުން ރޭގައި ކުރި ޓުވީޓެއްގައި ބުނީ، ހޯދަމުން ދަނީ ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭ ވިލިމާލެއިން ތެޔޮ ބޯޓެއްގައި ފުރި ދެ މީހުން ކަމަށެވެ.
އެގޮތުން ފުލުހުން ބުނީ ހަބަރެއް ނުވެގެން ހޯދަމުން ދަނީ ގދ. ތިނަދޫ/ މަނާރު، މުހައްމަދު ނިޒާމް (45އ) އަދި ބަންގުލަދޭޝް ރައްޔިތެއް ކަމުގައިވާ މުހައްމަދު ލިޓަން (35އ) ކަމަށެވެ.
އެ މީހުންގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކުރީ ޑިސެމްބަރު 29 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.
މީގެ އިތުރުން، ފުލުހުން ރޭގައި ކުރި ޓުވީޓުގައި ވަނީ، ނިޒާމް އަދި ލިޓަންއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ 9911099 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް