އައްޑޫ ސިީޓީ ކައުންސިލުން ވަކިވާން ހުޅުމީދޫން ޕެޓިޝަނެއް ތައްޔާރު ކުރަނީ

އައްޑޫ ސިޓީ ކައުންސިލުން ވަކިވާން އެ ސިޓީގައި ވަކިން އޮންނަ ހުޅުމީދޫ ރައްޔިތުން ޕެޓިޝަނެއް ތައްޔާރު ކުރަން ފަށައިފި އެވެ. ޕެޓިޝަނެއް ތައްޔާރު ކުރަން ފަށާފައި މިވަނީ ރައްޔިތުން އެދޭނަމަ ހުޅުމިދޫ އައްޑޫ...

01 Jan 2022 | 11:03

އައްޑޫ ސިޓީ ކައުންސިލުން ވަކިވާން އެ ސިޓީގައި ވަކިން އޮންނަ ހުޅުމީދޫ ރައްޔިތުން ޕެޓިޝަނެއް ތައްޔާރު ކުރަން ފަށައިފި އެވެ.

ޕެޓިޝަނެއް ތައްޔާރު ކުރަން ފަށާފައި މިވަނީ ރައްޔިތުން އެދޭނަމަ ހުޅުމިދޫ އައްޑޫ ސިޓީ ކައުންސިލުން ވަކިކުރަން ހުށަހަޅާނެ ކަމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެފައި ވަނިކޮށެވެ. ރޮޒައިނާ ވިދާޅުވީ ރައްޔިތުންގެ ހިޔާލު ބެލުމަށް ފަހު އަންނަ މަހު ރައްޔިތުންގެ މަޖިލީސް ހުޅުވުމާއި އެކު މައްސަލަ ވައްދާނެ ކަމަސެވެ.

"އަފިރިންގެ ކައުންސިލް އަފިންނަށް" ގެ ނަމުގައި ކުރިއަށް ގެންދަން ފަށާފައިވާ ޕެޓިޝަނުގައި ހުޅުދު އާއި މީދޫގެ ރައްޔިތުން އަންނަނީ ސޮއިކުރަމުންނެވެ. އޭގެ ތެރޭގައި ރަށުން ބޭރުގައި ތިބި ދެ އަވަށުގެ މީހުން ވެސް ހިމެނެ އެވެ.

މި ޕެޓިޝަންގައި ސޮއި ކުރާ މީހުން އެދެނީ ހުޅުމީދޫ އައްޑޫ ސިޓީ ކައުންސިލުން ވަކިކޮށް، އެ ރަށުގައި ވަކި ކައުންސިލެއް އުފައްދައި ދިނުމަށެވެ. އެ ޕެޓިޝަން ތައްޔާރު ކުރަމުންދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުމަށެވެ.

ޕެޓިޝަންގައި ސޮއި ކުރަމުންދާ މީހުން މީޑިއާގައި ބުނެފައިވަނީ ހުޅުމީދު އަށް ހުރިހާ ގޮތަކުން ވެސް ރަނގަޅީ ސިޓީ ކައުންސިލާ ވަކިވެ، ވަކި ކައުންސިލްގެއް ގޮތުގައި ހިންގުން ކަމަށެވެ. އިދާރީ ގޮތުންނާއި ހިދުމަތްތަތައް ހޯދުމާއި ލިބިގަތުމާއި އިގުތިސާދީ ގޮތުން ވެސް އެންމެ ފައިދާ ހުރި ގޮތަކީ އެއީ ކަމަށް އެމީހުން ގަބޫލު ކުރެ އެވެ.

އެކަމަކު މި މައްސަލައިގަ މޭޔަރު އަލީ ނިޒާރު މީޑިއާގައި ވިދާޅުވެފައި ވަނީ އެ ދެ އަވަށް ސިޓީ ކައުންސިލާ ވަކިވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

އައްޑޫގައި ގުޅިފައިވާ ރަށްތަތަކީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އެވެ. ހުޅުދޫ އާއި މީދޫ އޮންނަނީ ވަކިން ދުރުގައި އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް