ނިވާކަން ކުޑަ ހެދުން އަޅައިގެން މަގުތަކުގައި އުޅޭއިރު އެކަމާމެދު ފިޔަަވަޅު އަޅަންޖެހޭ: ޑރ. އިޔާޒް

ނިވާކަން ކުޑަ ހެދުން އަޅައިގެން މަގުމަތީގައި އުޅޭއިރު އެކަމާއި މެދު ފިޔަވަޅު އަަޅަން ޖެހޭ ކަމުގައި ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމު ވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ. ޑރ. އިޔާޒް މިހެން ވިދާޅު...

01 Jan 2022 | 10:41

ނިވާކަން ކުޑަ ހެދުން އަޅައިގެން މަގުމަތީގައި އުޅޭއިރު އެކަމާއި މެދު ފިޔަވަޅު އަަޅަން ޖެހޭ ކަމުގައި ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމު ވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވެފައި މިވަނީ މީހުން ދިރިއުޅޭ ރަށް ރަށުގައި ނިވާކަން ކުޑަ ހެދުން ލައިގެން ކްރިސްމަސް ފާހަގަ ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދާތީވެ އާންމުންގެ ޝަކުވާ ތައް ގިނަވެފައިވާ ދަނޑިވަޅެއްގައެެވެ.

ޑރ. އިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއްވެސް ފަރާތަކުން އެއްވެސް ގޮތަަކަށް އާންމު މަސްލަހަތު ގެއްލޭ ފަަދަ ކަމެއް ކުރުމަކީ ޤާނޫނީ ގޮތުން މަނާ ކަމެއް ކަމުގައެވެ.

އެހެންކަމަށްވާއިރު ދިވެހިންގެ އާދަކާދަ އާއި ޚިލާފުވާފަދަ ނިވާކަަން ކުޑަ ގޮތަކަށް ހެދުން އަޅައިގެން މަގުތަކުގައި އުޅޭއިރު އެކަން މަނާކޮށް ފިޔަވަޅު އެޅެން ޖެހޭނެ ކަމުގައި ޑރ. އިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވެފައި ވާއިރު މަޝްހޫރު ދީނީ ޢިލްމު ވެރިޔާ ޝެއިހް އަލީ ޒައިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފެންނަމުން ދަނީ މާއްދިއްޔަތަށް ގޮސް ޤައުމު ހަލާކުވާ މަންޒަރު ކަމުގައެވެ. އއ. އުުކުޅަހުގެ ގެސްޓްހައުސްގައި ކްރިސްމަސް ފާހަގަކުރާ މަންޒަރު ފެންނަ ފޮޓޯއެއް ޓްވިޓާގައި ހިއްސާ ކުރައްވާ ޒައިދު ވިދާޅުވީ

"މިހާރުވެސް މީހުން ދިރިއުޅޭ ރަށްރަށުގައި 2 ޕީސް ލައިގެން އޮރިޔާމުން އާންމުންގެ ތެރޭގައި އެހެރަ އުޅެ ނަގަނީ! ގެސްޓްހައުސްތަކުން ޑޮލަރު ހޯދުމަށްޓަކައި ކްރިސްމަސް ޝިރްކް ފާހަގަކުރަނީ ! ނުހުއްޓުވޭ ! " ކަމުގައެވެ.

މީގެ އިތުރުން ޒައިދު ވިދާޅުވެފައި ވަނީ ހޯމް ސްޓޭއާއެކު ކްރިސްމަސް ފާހަގަކޮށްދިނުން ގޭގެތެރެއަށް ދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް