އިންޑިއާގައި ހަލުވިކާއި އެކު ކޯވިޑް-19 ގެ އާ ވޭރިއަންޓު އޮމިކްރޯން ފެތުރެން ފަށައިފި އެވެ.
އިންޑިއާގެ ޔޫނިއަން މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ އެކަނި އެ ގައުމުން22،775 މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ. އޭގެ ތެރެއިން1،431 މީހުން ވަނީ އޮމިކްރޯންއަށް ޕޮސިޓިވް ވެފަ އެވެ.
އިންޑިއާގެ23 ސްޓޭޓަކުން މިހާރު އޮމޮކްރޯން ވޭރިއަންޓު ފެނިފައިވެ އެވެ. އޭގެ ތެރެއިން އެންމެ ހަލުވި ކަމާއި އެކު އޮމިކްރޯން ފެތުރެމުން ދަނީ މުމްބާއީގައި އެވެ. އެ ސިޓީގައި ކޯވިޑް ޖެހޭ55 ޕަސެންޓު މީހުން ދަނީ އޮމިކްރޯންއަށް ޕޮސިޓިވް ވަމުންނެވެ.
އިއްޔެ އިންޑިއާއިން ކޯވިޑް ޖެހުނު އަދަދަކީ މިދިޔަ275 ދުވަހުގެ ތެރޭގައި އެންމެ ގިނަ ޕޮސިޓިވްވި ދުވަހެވެ. އިއްޔެ އިންޑިއާއިން ކޯވިޑް406 މީހުން މަރުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް