ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތް ކުރިއަށް

ކ. ގުޅީފަޅު ކައިރިއަށް ބޯވަހިފަން އިއްޔެ ގޮސް އުޅުމުގެ ތެރޭގައި ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އަންނަކަމުގައި ސިފައިން ބުނެފިއެވެ. "ޖަންނު" ނަމަކަށްކިޔާ ކުޑަ ލޯންޗެއްގައި ...

01 Jan 2022 | 07:23

ކ. ގުޅީފަޅު ކައިރިއަށް ބޯވަހިފަން އިއްޔެ ގޮސް އުޅުމުގެ ތެރޭގައި ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އަންނަކަމުގައި ސިފައިން ބުނެފިއެވެ.

"ޖަންނު" ނަމަކަށްކިޔާ ކުޑަ ލޯންޗެއްގައި ގޮސް ބޯވަހިފަން އުޅުމުގެ ތެރޭގައި ގެއްލުނީ ހދ. ކުމުންދުއަށް އުފަން، އެ ރަށު އަރާއިރު، އުމުރުން 21 އަހަރުގެ ސުރޭހު ހަސަނެވެ.

ކޯސްޓްގާޑުން މިއަދު ބުނެފައިވަނީ ގެއްލުނު މީހާ ހޯދުމުގައި ކޯސްޓްގާޑުގެ ސިފައިން އަންނަނީ ހުއްޓުމެއްނެތި މަސައްކަތްކުރަމުން ކަމަށާއި މިވަގުތު ކޯސްޓްގާޑުގެ ނޫރައްދީން ލޯންޗާއި ހާބަކްރާފްޓް ލޯންޗެއް އަންނަނީ ގެއްލުނު މީހާ ހޯދުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

ރޭގެ ވަގުތެއްގައި ކޯސްޓްގާޑުން ހާމަކޮށްފައިވާގޮތުގައި އެމީހާ ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުން ޑައިވްކޮށްގެން 55 ހާސް އަކަމީޓަރު ވަނީ ބަލައިފައެވެ. އަދި ސްނޯކަލް ކޮށްގެން 36 ހާސް އަކަމީޓަރު ވަނީ ބަލާފައެވެ.

ކޯސްޓްގާޑުން އިއްޔެ ބުނެފައިވާގޮތުގައި އެ ޒުވާނާ ގެއްލުނުކަމުގެ މައުލޫމާތު ލިބިފައިވަނީ އިއްޔެ 08:58 ހާއިރުގައެވެ.

https://twitter.com/MNDF_Official/status/1476794840419495945

ގުޅީފަޅު ހުޅަނގު ދެކުނު ކަންމަތީގައި ބޯވަ ހިފަން އުޅެނިކޮށް އޭނާ އޮޔާ ދަމައިގަތީ ވާދޫ ކަނޑުތެރެއަށް ހުޅަނގަށް ވާގޮތަށް ކަމަށާއި އެންމެފަހުން އެ ޒުވާނާ ލައިގެން ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ޝޯޓެއް ކަމަށާއި އަދި ނޫކުލައިގެ މާސްކެއް އަޅާފައިހުރިކަމަށް ކޯސްޓްގާޑުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް