އާ އަހަރަށް އުތީމު އަންހެނުންގެ ކޮމިޓިން އެ ރަށުގެ ކޮންމެ ގެއަކަށް ކަލަންޑަރެއް

ހއ. އުތީމުގެ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީން، އާ އަހަރުގެ ހަދިޔާ އެއްގެ ގޮތުން އެ ރަށުގައި މީހުން ދިރިއުޅޭ ކޮންމެ ގޭބިސީ އަކަށް އާ އަހަރުގެ ކަލަންޑަރެއް ހަދިޔާ ކޮށްފިއެވެ. ގޭބިސީތަ...

01 Jan 2022 | 05:44

ހއ. އުތީމުގެ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީން، އާ އަހަރުގެ ހަދިޔާ އެއްގެ ގޮތުން އެ ރަށުގައި މީހުން ދިރިއުޅޭ ކޮންމެ ގޭބިސީ އަކަށް އާ އަހަރުގެ ކަލަންޑަރެއް ހަދިޔާ ކޮށްފިއެވެ.

ގޭބިސީތަކަށް  އާ އަހަރުގެ ކަލަންޑަރުތައް ބެހުމުގައި ހަރަކާތްތެރި ވެފައި ވަނީ އިއްޔެ ހަވީރު އެ ކޮމިޓީގެ މެންބަރުންނެވެ.

އެގޮތުން، އުތީމުގައި މީހުން ދިރިއުޅޭ 128 ގޭބިސީ އަކަށާއި ހަތަރު މިސްކިތަކަށް ކަލަންޑަރު ހަދިޔާ ކޮށްފައި ވެއެވެ. އަދި ޤުރުއާނާއި ބެހޭ މަރުކަޒުން އެ ރަށުގައި ހިންގާ ޤުރުއާން ކުލާހަކަށް ވެސް އާ އަހަރުގެ ކަލަންޑަރު ހަދިޔާ ކޮށްފައި ވެއެވެ.

އުތީމު އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީން ހާމަ ކުރާ ގޮތުގައި މިއީ އާ އަހަރާއި ދިމާކޮށް ރައްޔިތުންނަށް ހަދިޔާ އެއް ދިނުމުގެ ގޮތުން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ.

މީގެ އިތުރުން، މިކަމަށް ހިނގި ޚަރަދުގެ ފަންސާސް އިން ސައްތައަކީ ކޮމިޓީން ހޯދި ސްޕޮންސާއިން ހަމަޖެއްސި ފައިސާ ކަމުގައި އެ ކޮމިޓީން ހާމަކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް