އައްޑޫ ސިޓީގެ ހުރިހާ ރަށަކުން ކޯވިޑް ކޮންޓްރޯލްކޮށް އާންމު ހާލަތަށް ގެނެސްފި އެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ އޮގަސްޓު މަހުގެ 28 ވަނަ ދުވަހު އެވެ. ހުޅުމީދޫ މޮނިޓަރިންއަށް ލީ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
އެޗްޕީއޭއިން ބުނީ އެ ސިޓީގެ ހުރިހާ ރާށެއްގެ މޮނިޓަރިންގެ ހާލަތު އުވާލާފައިވާ ކަމަށެވެ.
މޮނިޓަރިންއަށް ނެގިއިރު މިވަގުތު އެ ސިޓީގައި ކޯވިޑް ޖެހިފައި ތިބި 44 މީހުންނެވެ. އޭގެ ތެރެއިން 34 މީހުން ތިބީ ހިތދޫގައި އެވ. މަރަދޫފޭދޫގައި ފަސް މީހުން ތިބި އިރު މީދޫ އާއި މަރަދޫގައި ތިބީ ކޯވިޑަށް ޕޮސިޓިވް ދެ މީހުންނެވެ.
އައްޑޫއިން މިހާތަނަށް ކޯވިޑް ޖެހިގެން 12 މީހުން މަރުވެފައިވެ އެވެ.
އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތުން އުވާލުމުން މިހާރު އަރާފޭބުން މަނާ އޮތީ 12 ރަށެކެވެ. އޭގެ ތެރެއިން އެންމެ ފަހުން މޮނިޓަރިންއަށްލީ ހއ. އިހަވަންދޫ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް