ކޯވިޑް ފެތުރޭތީ އަރާ ފޭބުން މަނާކޮށްފައި މިހާރު އޮތީ 12 ރަށެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ރަށެއް މޮނިޓަރިންގެ ހާލަތަށް ގެންނަނީ ބަލި ޖެހޭ މީހާގެ ފަރާތުން އިތުރު ބަޔަކަށް ކޯވިޑް ޖެހި ރަށުތެރެއަށް ބަލި ފެތުރިފައި އޮވެދާނެ ކަމަށް ގަބޫލު ކުރެވިއްޖެ ހާލަތެއްގައި އެވެ. އެ ފަދަ ރަށްތަކަށް އެޗްޕީއޭގެ ހުއްދަ ނެތި އަރައި ފޭބުން އޮންނަނީ މަނާކޮށްފަ އެވެ.
އެޗްޕީއޭއިން ބުނީ މިވަގުތު އެ ހާލަތުގައި އޮތީ 12 ރަށެއް ކަމަށާއި އެންމެ ފަހުން މޮނިޓަރިންއަށްލީ ހއ. އިހަވަންދޫ ކަމަށެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ އިއްޔެ އެވެ.
މިހާރު މޮނިޓަރިންގައި އޮންނަތާ އެންމެ ގިނަ ދުވަސްވެފައިވާ ރަށަކީ މ. މުލަކެވެ. އެ ރަށް މޮނިޓަރިންއަށް ލާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ20 ވަނަ ދުވަހު އެވެ.
އައްޑޫއިން މިހާތަނަށް ކޯވިޑަށް ފަރުވާ ދެމުން ދަނިކޮށް 12 މީހުން މަރުވެފައިވެ އެވެ.
މޮނިޓަރިންގައި ހުރި އެހެން ރަށްތަކަކީ ދ. ކުޑަހުވަދޫ، ނ. ލަންދޫ ހދ. ނައިވާދޫ، ކ. ތުލުސްދޫ، މާފުށި އަދި ތ. ވިލުފުއްޓައި ދ. ހުޅުދެލި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް