މިއަހަރު ފުރަތަމަ ރާއްޖެ އައިއީ އިނގިރޭސި ޓޫރިސްޓެއް

ރާއްޖެއަށް މިއަހަރު ފުރަތަމަ ޒިޔާރަތް ކުރި ޓުރިސްޓު ފާހަގަ ކޮށް މަރުހަބާ ކިޔައިފި އެވެ. ލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ފުރަތަމަ ފަތުރުވެރިއާއަށް މަރުހަބާ ކި...

01 Jan 2022 | 04:53

ރާއްޖެއަށް މިއަހަރު ފުރަތަމަ ޒިޔާރަތް ކުރި ޓުރިސްޓު ފާހަގަ ކޮށް މަރުހަބާ ކިޔައިފި އެވެ.

ލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ފުރަތަމަ ފަތުރުވެރިއާއަށް މަރުހަބާ ކިޔުމަށް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފަ އެވެ.

ރާއްޖެ އަށް އައި ފުރަތަމަ ފަތުރުވެރިޔާގެ ނަސީބު ލިބުނީ ނގިރޭސިވިލާތުގެ ޖޯޖީނަ ކެނިންއަށެވެ. އޭނާ ރާއްޖެ އައީ ގަލްފް އެއާލައިނުންނެވެ.

މި ޓޫރިސްޓަށް ހަދިޔާގެ ގޮތުގައި ބަނޑޮސް އައިލެންޑު ރިސޯޓުންނާއި ވާދޫ އައިލެންޑް ރިސޯޓުން ވަނީ ހިލޭ ޗުއްޓީ ދަތުރު ދީފަ އެވެ. އަދި މިދިޔަ އަހަރު ތައާރަފްކުރި ބޯޑާ މައިލްސްގެ "ސިލްވާ ޕެކޭޖެް" ގެ މެމްބަރުކަމުގެ ލިޔުން އިމިގްރޭޝަނުން ވަނީ އޭނާއަށް އަރުވައުފައެވެ.

މީގެ އިތުރުވްސެ އިތުރު ހަދިޔާތައް ޖޯޖީނައަށް ދީފައިވެ އެވެ.

އާ އަހަރުގެ ފަތުރުވެރިންނަށް މަރުހަބާ ކިޔުން މިއަދު މެންދުރު 12 ޖެހުމާ ހަމަޔަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުުގަ ކުރިއަށްދާނެއެވެ.

https://twitter.com/visitmaldives/status/1477088104540368898

މިދިޔަ އަހަރު ރާއްޖެ ނިންމާލީ ޓޫރިސްޓު އެރައިވަލްގައި ލަނޑުދަނޑި ހާސިލްކޮށްގެންނެވެ. އެގޮތުން މިދިޔަ އަހަރު 1.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.

މިއަހަރު ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ ދެ މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނައުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް