ޒަހްރާ ލާރީ- ދުނިޔޭގެ އެންމެ ފުރަތަމަ ޙިޖާބީ އަންހެން ޕްރޮފެޝަނަލް ސްކޭޓަރ

މުޅި ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައިވެސް މުސްލިމުން މި ދަނީ އެމީހުންގެ ހުނަރުތައް ދައްކަމުން ތަފާތު ކާމިޔާބީތައް ޙާޞިލުކުރަމުންނެވެ. އެގޮތުން މިފަހަރުވެސް މިއޮތީ އެފަދަ މުސްލިމު އަންހެން ކުއްޖެއްގެ...

01 Jan 2021 | 17:38

މުޅި ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައިވެސް މުސްލިމުން މި ދަނީ އެމީހުންގެ ހުނަރުތައް ދައްކަމުން ތަފާތު ކާމިޔާބީތައް ޙާޞިލުކުރަމުންނެވެ.

އެގޮތުން މިފަހަރުވެސް މިއޮތީ އެފަދަ މުސްލިމު އަންހެން ކުއްޖެއްގެ ވާހަކައެވެ. ދުނިޔޭގައި މިހާތަނަށް ޙިޖާބް އަޅައިގެން ހުރި އެންމެ ފުރަތަމަ ޕްރޮފެޝަނަލް ސްކޭޓަ ކަމުގެ މަޤާމް މިވަނީ މުސްލިމު އަންހެންކުއްޖެއް ކަމުގައިވާ ޒަހްރާ ޙާޞިލުކޮށްފައެވެ.

އުމުރުން 25 އަހަރުގެ ޒަހްރާ ސްކޭޓްގެ ދުނިޔެއަށް ނިކުމެފައިވަނީ އުމުރުން އެންމެ 17 އަހަރުގައެވެ. އޭރުންސުރެންވެސް ޒަހްރާ ދަނީ އޭނާ ލާ ހެދުމަކާ އެއްގޮތް ގޮތަކަށް އަބަދުވެސް ބުރުގާ އަޅަމުންނެވެ. ޒަހްރާ މިހާރު  ބައިނަލްއަޤުވާމީ ސްކޭޓަރއެކެވެ.

ޖަޖުން އެންމެ ފުރަތަމަ ލާރީގެ މާކްސް ކަނޑާފައިވަނީ އޭނާގެ ހެދުން އެޅުމަށް ބަލާފައިކަމަށް ވުމުން ފަހުން ލާރީ ވަނީ އިންޓަރނޭޝަނަލް ސްކޭޓިންގް ޔޫނިއަންގެ މެމްބަރެއްގެ ގޮތުގައި ވުމަށްފަހުގައި އެފަދަ ރޫލްސްތައް ބަދަލުކޮށްފައެވެ. އެއީ އަންހެނުންނަށްވެސް އެއްވެސް ދަތިކަމަކާ ނުލައި ސްކޭޓް ކުރެވޭނެ ގޮތް ފަހިކޮށްދިނުމަށް ކަމުގައި ލާރީ ބުނެފައިވެއެވެ.

އަބޫދާބީއަށް ނިސްބަތްވާ ޒަހްރާ ލާރީ އެންމެ ފުރަތަމަ ސްކޭޓް ކުރުމުގެ ޝައުޤުވެރިކަން އުފެދެންފެށީ އޭނާގެ އުމުރުން 11 އަހަރުގައި ބެލި ޑިޒްނީ ފިލްމެއްކަމުގައިވާ "އައިސް ޕްރިންސެސް" ބެލުމުންނެވެ. އެހެންކަމުން އުމުރުން 13 އަހަރުގައި އޭނާ ވަނީ އައިސް ސްކޭޓިންގްގެ ލެސަންތައް ނަގަން ފަށާފައެވެ. މިހާރު އަބޫ ދާބީގެ ޔުނިވަރސިޓީއެއްގައި "އެންވާރަމެންޓަލް ހެލްތް އެންޑް ސޭފްޓީ" ކިޔަވަމުންދާ ޒަހްރާގެ އުންމީދަކީ ސްކޭޓިންގް ކޯޗަކަށް ވުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް