މިފްކޯ އިން މަސްގަންނަ އަގަށް ގެނައި ބަދަލާއެކު، ފަސްމީރު ބްރޭންޑުގެ މަސްދަޅު އަގުހެޔޮ ކޮށްފި

މިފްކޯ އިން މަސްގަންނަ އަގަށް ގެނައި ބަދަލާއެކު، ފަސްމީރު ބްރޭންޑުގެ މަސްދަޅު އަގުހެޔޮ ކޮށްފި އެވެ. އެގޮތުން ކުރިން 640 ރުފިޔާއަށް ވިއްކަމުން ގެންދިޔަ ތެޔޮ މަސްދަޅު ކޭހެއް މިހާރު ވިއްކަނީ 575 ރުފިޔާ އ...

01 Jan 2021 | 17:28

މިފްކޯ އިން މަސްގަންނަ އަގަށް ގެނައި ބަދަލާއެކު، ފަސްމީރު ބްރޭންޑުގެ މަސްދަޅު އަގުހެޔޮ ކޮށްފި އެވެ.

އެގޮތުން ކުރިން 640 ރުފިޔާއަށް ވިއްކަމުން ގެންދިޔަ ތެޔޮ މަސްދަޅު ކޭހެއް މިހާރު ވިއްކަނީ 575 ރުފިޔާ އަށެވެ. އަދި 13.50 ރުފިޔާއަށް ވިއްކި ތެޔޮ މަސްދަޅެއްގެ މިހާރުގެ އަގަކީ 12.25 ރުފިޔާ އެވެ.

މީގެ އިތުރުން ފެން މަސް ކޭހުގެ އަގު ވެސް ބަދަލުކޮށްފައިވާ އިރު، ފެން މަސްދަޅު ކޭހެއް މިހާރު ލިބޭނީ 530 ރުފިޔާއަށެވެ. ފެން މަސް ކޭސް ކުރިން ވިއްކީ 595 ރުފިޔާ އަށެވެ. އަދި 12.50 ރުފިޔާއަށް ވިއްކި ފެން މަސްދަޅެއް މިހާރު ލިބޭނީ 11.25 ރުފިޔާއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް