ރާއްޖެއިން 47 މީހުން ކޮވިޑަށް ޕޮޒިޓިވްވެ، 9 މީހުން ބަލިން ރަނގަޅުވެއްޖެ

ފާއިތުވި24 ގަޑި އިރުގެ ތެރޭގައި ރާއްޖެއިން 47 މީހުން ކޮވިޑަށް ޕޮޒިޓިވްވެ، 9 މީހުން ބަލިން ރަނގަޅުވެއްޖެ އެވެ. އެޗްޕީއޭ އިން ހާމަކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި ޕޮޒިޓިވްވީ މާލެ ސަރަހައްދުން 25 މީހ...

01 Jan 2021 | 17:19

ފާއިތުވި24 ގަޑި އިރުގެ ތެރޭގައި ރާއްޖެއިން 47 މީހުން ކޮވިޑަށް ޕޮޒިޓިވްވެ، 9 މީހުން ބަލިން ރަނގަޅުވެއްޖެ އެވެ.

އެޗްޕީއޭ އިން ހާމަކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި ޕޮޒިޓިވްވީ މާލެ ސަރަހައްދުން 25 މީހަކާއި އަތޮޅުތެރެއިން ދެ މީހަކާއިި ރިސޯޓްތަކުން ތިން މީހެއް އަދި ސަފާރީތަކުން 17 މީހެކެވެ.

މި ޢަދަދާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 13،804 އަށް ވަނީ އަރާފަ އެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން 9 މީހަކު ރަނގަޅުވެފައިވާ އިރު، ބަލިން ފަސޭހަވީ މީހުންގެ އަދަދު 13،150 އަށް ވަނީ އަރާފަ އެވެ.

އެޗްޕީއޭ ގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 599 މީހަކަށެވެ. އަދި ހޮސްޕިޓަލުތަކުގައި 25 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 48 މީހަކު ވަނީ މިހައިތަނަށް ނިޔާވެފައި ވެއެވެ. އެއީ 41 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް