ބޭރުގައުމުގެ ތަކުން އަންނަ ސްކޫލު، ކޮލެޖް، ޔުނިވަރސިޓީ ދަރިވަރުން ކަރަންޓީން ވާންޖެހޭ ގޮތަށް ހަދައިފި އެވެ.
އެޗްޕީއޭއިން ބުނީ މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ރާއްޖޭގެ ސުކޫލު/ކޮލެޖް/ޔުނިވަރސިޓީތަކަށް ކިޔަވަން އަންނަ ދަރިވަރުން 10 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނު ވާންޖެހޭނެ ކަމަށެވެ.
އެ 10 ދުވަހަށް ފަހު ޕީ.ސީ،އާރު ނެގަޓިވް ނަތީޖާއަކާއެކު ކަރަންޓީނުން ދޫކޮށްލެވޭނެ ކަމަށް ވެސް އެޗްޕީއޭ އިން ބުނެފައި ވެއެވެ.
މިހާރު އެޗްޕީއޭއިން ދީފައިވާ ލުއިތަކާއެކު ގިނަ ބަޔަކު ރާއްޖެއިން ބޭރަށް ޗުއްޓީއަށް ގޮސްފައިވާ އިރު، އެކި އެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށްދިޔަ މީހުން ސްކޫލު ހުޅުވެންވާއިރަށް މިހާރު ދަނީ ރާއްޖެ އަންނަމުން ނެވެ.
ރާއްޖެއަށް އަންނައިރު، މިހާރު އަމަލު ކުރަމުންދާ އުސޫލުގެ ތެރެއިން އިނގިރޭސި ވިދާޅުން ފިޔަވައިއެހެން ގައުމަކުން ރާއްޖެ އަންނަ މީހުން ކަރަންޓީން ވާން ނުޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް