މުޅި ރާއްޖެއަށް ގުގުރުމާއިއެކު މިރޭވެސް ވިއްސާރަކުރާނެ، ސަމާލުވޭ!

މުޅި ރާއްޖެއަށް ގުގުރުމާއިއެކު މިރޭވެސް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ބުނެފި އެވެ. މެޓް އޮފީހުން ބުނީ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އެ އިދާރާ އިން ވަނީ މޫސުން ގޯސްވާނ...

01 Jan 2021 | 14:50

މުޅި ރާއްޖެއަށް ގުގުރުމާއިއެކު މިރޭވެސް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.

އެ އިދާރާ އިން ވަނީ މޫސުން ގޯސްވާނެކަމަށް ލަފާކޮށް 4 ފަހަރެއްގެ މަތިން އެކި ސަރަހައްދުތަަކަށް ވައިޓް އެލަޓް ނެރެފައެވެ.

އެގޮތުން ށ އަތޮޅުން ދ އަތޮޅާއި ދެމެދުގެ ރަށްތަކަށް މިއެލަރޓް ނެރެފައިވަނީ މިރޭ 11:30 އާ ހަމައަށެވެ.

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭމަކަމަށް ލަފާކުރެވޭ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުނެފައި ވެއެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގައި ކަނޑުތައް ގަދަވެފައި ދެކުނު ކަނޑުތައް އާދައިގެވަރަށް ގަދަވާނެކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އެ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް