ދިޕިކާގެ ސޯޝަލް މީޑިއާ ޕޯސްޓްތައް ޑިލީޓްކޮށްފި

ދިޕިކާ އޭނާގެ ސޯޝަލް މީޑިއާގައި ކޮށްފައިވާ ހުރިހާ ޕޯސްޓަކެއް ޑިލީޓްކޮށްފިއެވެ. އެގޮތުން އައު އަހަރަށް ތަހުނިޔާ ކިޔުމުގެ ގޮތުން އޭނަގެ އިންސްޓަގްރާމްގައްޔާއި އަދި ޓުވިޓާގައި ޕޯސްޓްކޮށްފައިވާ އޯޑިއޯ ފިޔ...

01 Jan 2021 | 14:42

ދިޕިކާ އޭނާގެ ސޯޝަލް މީޑިއާގައި ކޮށްފައިވާ ހުރިހާ ޕޯސްޓަކެއް ޑިލީޓްކޮށްފިއެވެ.

އެގޮތުން އައު އަހަރަށް ތަހުނިޔާ ކިޔުމުގެ ގޮތުން އޭނަގެ އިންސްޓަގްރާމްގައްޔާއި އަދި ޓުވިޓާގައި ޕޯސްޓްކޮށްފައިވާ އޯޑިއޯ ފިޔަވައި އެހެން ހުރިހާ ޕޯސްޓްއެއްވަނީ ޑިލީޓްކޮށްފައެވެ.

ޕޯސްޓްތައް ޑިލީޓްކުރުމާއެކު މިއަދު ހެނދުނުންސުރެން ދިޕިކާގެ ފޭނުންވަނީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައެވެ. އެގޮތުން އެއްބަޔަކު ދިޕިކާ އަލުން އެނބުރި އައުމަށްއެދި އާދޭސްވެސް ދަނީ ކުރަމުންނެވެ.

ދިޕިކާގެ ފޭނުންގެ އާދޭސްތަކުން ސޯޝަލް މީޑިއާ ފުރެމުންދަނިކޮށް މިއަދުގެ މެންދުރު ވަޤުތެއްގައި ދިޕިކާ މިވަނީ އޭނާގެ ފޭނުންނަށް އައު އަހަރުގެ ތަހުނިޔާ ކިޔައި އޯޑިއޯއެއް ޓްވިޓާ އަދި އިންސްޓަގްރާމްގައި ޙިއްޞާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް