އަންހެނުންގެ ހައްޤުތައް ރައްކާތެރިކުރުމަށް ކަމަށްބުނެ އާޖެންޓީނާގައި އެބޯޓްކުރުން ހުއްދަ ކޮށްފިއެވެ.
އަންހެނުންގެ ޙައްޤުތައް ހިމާޔަތްކުރާ ޖަމިއްޔާތަކުން މިކަން ހުއްދަކުރުމަށް މަސައްކަތް ކުރަމުން ދިޔަނަމަވެސް މިހާތަނަށް ޤާނޫނު އަސާސީއިން އެބޯޓްކުރުން ހުއްދަކަށް ކަނޑައަޅާފައިވަނީ ކިއުބާއާއި އުރުގުއާއި އަދި މެކްސިކޯ ފަދަ މަދު ޤައުމުތަކަކުންނެވެ. މި ލިސްޓަށް އާޖެންޓީނާ އިތުރުވުމާއިގުޅިގެން އެ ޤައުމުގެ އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދަނީ އެކަމާ އުފާ ފާޅުކުރަމުންނެވެ.
އެބޯޓް ނުކުރެވުމުގެ ސަބަބުން އެތަށް އަންހެނަކަށް ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށާއި އަދި އެކަމުގެ ސަބަބުން އެތަށް އަންހެނަކު ދުނިޔެ ދޫކޮށްފައިވަކަމުގައިވެސް ފާހަގަކޮށްފައިވެއެވެ.
އާޖެންޓީނާގެ ޤާނޫނީ ވަކީލެއްކަމުގައިވާ މޮނިކާވެސް އޭނާގެ ޓްވީޓްގައި މިކަމާ އުފާފާޅުކޮށްފައިވެއެވެ.
ގިނަ ޤައުމުތަކުގައި އެބޯޓް ކުރުމަކީ މަނާކަމަކަށްވާއިރު އާޖެންޓީނައިން މި ގެނައި ބަދަލުގެ ސަބަބުން އެމީހުންނަށްވަނީ ދުނިޔޭގެ ގިނަ ޤައުމުތަކުގެ ސަމާލުކަން ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް