މިދުނިޔެ މަތީގައި ހެޔޮ އަމަލުތައް ގިނަކޮށް، އާޚިރަތަށް މަސައްކަތް ކުރުމަށް ޚުތުބާގައި ގޮވާލައިފި

މިދުނިޔެ މަތީގައި ހެޔޮ އަމަލުތައް ގިނަކޮށް، އާޚިރަތަށް މަސައްކަތް ކުރުމަށް ޚުތުބާގައި ގޮވާލައިފި އެވެ. މިއަދުގެ ހުކުރު ޚުތުބާގައި ބުނީ ކޮންމެ ވަގުތަކީވެސް މަރުމަތިން ހަނދާކުރާ ވަގުތަކަށް ހަދައި، މަރަށ...

01 Jan 2021 | 08:55

މިދުނިޔެ މަތީގައި ހެޔޮ އަމަލުތައް ގިނަކޮށް، އާޚިރަތަށް މަސައްކަތް ކުރުމަށް ޚުތުބާގައި ގޮވާލައިފި އެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ބުނީ ކޮންމެ ވަގުތަކީވެސް މަރުމަތިން ހަނދާކުރާ ވަގުތަކަށް ހަދައި، މަރަށް ތައްޔާރުވުމަކީ މިދުނިޔެ މަތީގައި ކުރަން އޮތް އެންމެ މުހިންމު މަސައްކަތް ކަމުގަ އެވެ.

އާ އަހަރުގެ ފުރަތަމަ ދުވަހުގެ ހުކުރު ޚުތުބާ "މަރު ހަނދާން ކުރުމުގެ" މައްޗަށް ބިނާކޮށްފައިވާ އިރު، މިއަދުގެ ހުކުރު ޚުތުބާގައި ބުނީ މިދުނިޔެއަކީ މުސީބާތާއި އިމްތިޙާނުތައް ކުރިމަތިވާ ތަނެއް ކަމަށާއި މަރަށް ތައްޔާރުވެ، އާޚިރަތް ހޯދުމަށް މިދުނިޔެ މަތީގައި ގަދަ އަޅާ މަސައްކަތް ކުރަންވާނެ ކަމަށެވެ.

" އިންސީންނާއި ޖިންނިން ޚަލްޤުކުރައްވާފައިވަނީ ވަރަށް މަތިވެރި މާތް މަޤުސަދަކަށްޓަކައި. އެއީ ހަމައެކަނި ﷲ އެންގެވި ގޮތުގެ މަތީން ޙަޔާތުގެ ދުވަސްތައް ހޭދަކުރުމަށް. އަދި މާތް ﷲ މިދުނިޔެ ލައްވާފައިވަނީ އާޚިރަތް ބާއްޖަވެރިކުރުމަށްޓަކައި މަސައްކަތް ކުރާނެ މައިދާނެއްކަމުގަ." ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން އިލާހީ ޙިކުމަތަކަށްޓަކައި މިދުނިޔެއަކީ ފަނާވުމެއްނެތި ދާއިމަށް ދެމިގެންވާތަނެއް ނޫން ކަމަށާއި، މިތަނުގައި ހެޔޮޢަމަލުތައް ގިނަކޮށްފި މީހާއަށްވަނީ ކާމިޔާބީއާއި ފަލާހުކަމުގައި ޚުތުބާގައި ވަނީ ބުނެފަ އެވެ. އަދި ނުބައި ޢަމަލުތައް ގިނަވެއްޖެ މީހާއަށްވަނީ ގެއްލުމާއި ހަލާކުވެން ދާނެކަމަށް ވެސް ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް