އެމެޒަންއިން އަވަށްޓެރި އިންޑިއާގއި ފެށުމަށް ހަމަޖައްސާފައިވާ އިންޖިނިއަރިންގް ޕްރޮގްރާމްތައް ހިންގުމަށްޓާކައި މެނޭޖަރެއް ހޯދަން އިޢުލާނުކޮށްފިއެވެ.
އެމޭޒަންގެ ސީ.އީ.އޯ ޖެފް ބޭޒޯސް އިންޑިއާއަށް މީގެ އަހަރެއްހާ ދުވަސް ކުރިން ކުރެއްވި ދަތުރުފުޅަށް ފަހުގައި, ކުރިއަށްގެންދިޔުމަށް ހަމަޖައްސާފައިވާ ކޮމްޕިޔުޓަރ އިންޖިނިއަރިންގް ޕްރޮގްރާމްގެ ސަބަބުން އެ ޤައުމަށް ވަރަށް ފައިދާވާނެކަމަށް ވިދާޅުވެފައިވެއެވެ. އަދި މި ޕްރޮގްރާމްގެ މައިގަނޑު މަޤުޞަދަކީ މިފަދަ ވަޞީލަތްތައް ޤާއިމުކުރެވިފައިނެތް ހިސާބުތަކަށް ކޮމްޕިއުޓަ ސައިންސްގެ ދާއިރާއިން ކުރިއަށްދިޔުމުގެ ފުރުޞަތު ފަހިކޮށްދިނުން ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
މި ޕްރޮގްރާމްގައި ދަރިވަރުންނަށް ކޯޑިންއާއި އަދި ތަފާތު ކޮމްޕިޔުޓަރުގެ ހުނަރުތައް ދަސްކޮށްދިނުމަށް ވަނީ ހަމަޖައްސާފައެވެ.
އެމޭޒަންގެ ވެބްސައިޓްގައި, މުސްތަޤުބަލުގައި އެމޭޒަންގެ އިންޖިނިއަރިނގް ޕްރޮގްރާމް އިންޑިއާގައި ހިންގާނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފައިވުމާއެކު, މިއީ މިއަހަރު ތެރޭގައި މި ޕްރޮގްރާމް އިންޑިއާގައި ފަށާނެކަމުގެ ހެއްކެއްކަމުގައި ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
އެމެރިކާގައި މިހާރުވެސް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ކުޑައިރުންސުރެން ކުދިން ކޮމްޕިޔުޓަ އިންޖިނިއަރިންގްއަށް ތަމްރީނުކޮށްދޭ ޕްރޮގްރާމެކެވެ.
އެމޭޒަންގެ ސީއީއޯ ޖެފް ބޭޒޯސް އަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް