ފްލައިޓެއްގެ ސިޑީގައި ހެލިކޮޕްޓަރެއްގެ ފިޔަގަނޑުން ޖެހި މީހަކަށް އަނިޔާވެއްޖެ

މަތިންދާ ބޯޓަށް އަރާ ސިޑިއެއްގައި އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގެ ފިޔަގަނޑުން ޖެހި މީހަކަށް އަނިޔާވެއްޖެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ހަވީރު ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ ހެލ...

01 Jan 2017 | 14:52

މަތިންދާ ބޯޓަށް އަރާ ސިޑިއެއްގައި އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގެ ފިޔަގަނޑުން ޖެހި މީހަކަށް އަނިޔާވެއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ހަވީރު ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ ހެލިކޮޕްޓަރުގެ ފިޔަގަނޑުން ބުރައިގެން ދިޔަ ބައިތަކުން ޖެހި އެ ސިޑި ހަރުކޮށްފައިވާ އުޅަނދު ދުއްވަން އިން މީހާ އަށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ބުރައިގެންދިޔަ ބައެއް އެމީހާ ބަނޑަށް ވަނީ ހެރިފަ އެވެ.

އެމީހާއަށް ހުޅުމާލޭ ހޮސްޕިޓަލަށް ފަރުވާދޭން މިހާރު ގެންގޮސްފައިވާއިރު އަދި އިތުރު ތަފްސީލެއް ނުލިބެ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހީމް އާޒިމް  ވިދާޅުވީ ސިޑީގައި ހެލިކޮޕްޓަރުގެ ފިޔަގަނޑުން ޖެހުނީ އެ ހެލިކޮޕްޓަރުގައި ގއ. ވިލިނގިލިން ގެނައި ބަލިމީހާ ބާލަން އުޅުމުގެ ތެރޭގައި ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެ ހާދިސާ ހިނގީހެލިކޮޕްޓަރު އެއާޕޯޓުގައި ޖެއްސުމަށް ފަހު އޭގެ ފިޔަގަނޑުގެ އެނބުރުން ނުހުއްޓެނީސް ފިޔަގަނޑު ކައިރިން ސިޑި ހަރުކޮށްފައިވާ އުޅަނދު ދުއްވާފައި ދިއުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް