އެމެރިކާގެ ސިޓީއެއް ކަމުގައިވާ ކޮލަމްބިއާގައި އުމުރުން އެއްމެ ހަ އަހަރުގެ ކުއްޖަކު އޭނާގެ މަންމަ ނިދިވަގުތު ބަލައި މަންމަގެ އިނގިލީގެ ނިޝާން ބޭނުންކޮށް ފޯނު ހުޅުވުމަށްފަހު 250 ޑޮލަރުގެ ކުޅޭ ސާމާނު ގަނެފި އެވެ.
ވޯލް ސްޓްރީޓް ޖާނަލްގައި ބުނެފައިވަނީ ކެރޮލިން ޑޮހާކް ނަމަކަށްކިޔާ އަންހެނަކު ނިދާފައި އޮއްވާ އޭނާގެ ދަރި، އުމުރުން ހަ އަހަރުގެ އަޝްލީންޑް ހޮވެލް އޭނާގެ މަންމަގެ ފޯނުން 250 ޑޮލަރު ހޭދަކޮށްގެން ގަނެފައިވަނީ ޕޮކިމޯން ބްރޭންޑްގެ ކުޅޭ ސާމާނު ކަމަށެވެ.
ފޯނުން 250 ޑޮލަރުގެ ވިޔަފާރިކޮށްފައިވާކަން އެނގި އެކުއްޖާގާތު އެހުމުން، ޝޮޕިން ކޮށްލީ ކަމަށާއި މަންމަ ހާސްވާން ނުޖެހޭނެ ކަމަށްބުނި ކަމަށާއި އަދި އޯޑަރު ކުރި ތަކެތި އަންނާނީ ސީދާ ގެއަށްކަމުގައި އެކުއްޖާ ބުނިކަމަށް ވޯލް ސްޓްރީޓް ޖާނަލްގައި ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް