ސައުދީގައި އުމުރުން އަށް އަހަރުގެ މި ކުއްޖާ މަރުވީ ކެންސަރު ނެތް ނަމަވެސް ކެންސަރަށް ފަރުވާ ދިނުމުން !

މިއީ ސައުދީގެ ނޫހެއް ކަމަށްވާ ސައުދީ ގެޒެޓްގައި ލިޔެފައިވާ ހަބަރެކެވެ. މި ހަބަރު ގެނެސްދީފައިވަނީ ފޮޓޯގައި އެވާ އުމުރުން އެއްމެ އަށް އަހަރުގެ ރަމާ އަލް މިހައިމިދްގެ ބައްޕަ އާއި ހަވާލާ ދީ އެވެ. އެ ކުއް...

01 Jan 2017 | 09:55

މިއީ ސައުދީގެ ނޫހެއް ކަމަށްވާ ސައުދީ ގެޒެޓްގައި ލިޔެފައިވާ ހަބަރެކެވެ. މި ހަބަރު ގެނެސްދީފައިވަނީ ފޮޓޯގައި އެވާ އުމުރުން އެއްމެ އަށް އަހަރުގެ ރަމާ އަލް މިހައިމިދްގެ ބައްޕަ އާއި ހަވާލާ ދީ އެވެ.

އެ ކުއްޖާ މަރުވި ހާދިސާއާއި ބެހޭގޮތުން އެކުއްޖާގެ ބައްޕަ ބުނެފައިވަނީ ސައުދީގެ "ކިންގް ފަހުދު ސްޕެޝަލިސްޓް ހޮސްޕިޓަލް" އަށް އެ ކުއްޖާ ގެންދިޔައީ ކަންފަތް ދޮށުގައި ގޮށެއް ނެގުމުން ކަމަށެވެ. އެހެން ނަމަވެސް އެ ހޮސްޕިޓަލުގައި ކެންސަރަށް ފަރުވާ ހޯދަމުންދިޔަ ފިރިހެން ކުއްޖެއްގެ ނަމަކީވެސް 'ރަމާ" ކަމަށްވާއިރު އޮޅުމެއްގެ ތެރޭގައި ކަމަށްބުނެ ޑޮކްޓަރުން ފަރުވާ ދިނީ ކެންސަރަށް ކަމަށެވެ. ކީމޯ ތެރަޕީ ސެޝަންތަކެއް ދިން ކަމަށެވެ.

އެ ކުއްޖާގެ ބައްޕަ ބުނެފައިވަނީ އެތައް ދުވަހަކު ކީމޯތެރަޕީ ދިނުމަށްފަހު އެ ފަރުވާ ދިނުން ހުއްޓާލީ އެއީ އޮޅުމެއް ކަމަށް ބުނެ ކަމަށެވެ. ދެން އެކަމަށްފަހު ދަރިފުޅުގެ ހާލަތު ދަށްވާތީ ފަރުވާ ހޯދުމަށް އެމެރިއާއަށް ދިޔަ ކަމަށާއި އަދި އެމެރިކާގައި ފަރުވާ ހޯދަމުން ދަނިކޮށް ދަރިފުޅު ގޮވައިގެން އެނބުރި އަންނަން މަޖުބޫރުވީ ސައުދީގައި އެކަމަށް އޮންނަ ގާނޫނެއްގެ ސަބަބުން ކަމަށެވެ.

އޭނާ އިތުރަށް ބުނެފައިވަނީ ދެވަނަ ފަހަރަށް އެމެރިކާއަށް ދިއުމަށް ވަރަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް ކަމާބެހޭ ފަރާތްތަކުން އެފަދަ ހުއްދައެއް ނުލިބުނު ކަމަށެވެ. އަދި އެއްމެ އަށް އަހަރުގައި އެކުއްޖާ ދުނިޔެއާ ވަކިވެ ދިޔައީ ވޭނާއި ކެކުޅުމުގައި ކަމަށް އެ ކުއްޖާގެ ބައްޕަ ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް