ތުރުކީގެ ވެރިރަށް އިސްތާންބުލްގައި އައު އަހަރު ފާހަގަކުރުމަށް ކުރިއަށްގެންދިޔަ ޕާޓީއަކަށް ހަތިޔާރާއެކު ދެމީހަކު ވަދެ ދިން ބަޑީގެ ހަމަލާއެއްގައި 39 މީހަކު މަރާލައިފި އެވެ.
މި ހަމަލާއާއި ބެހޭގޮތުން ތުރުކީގެ ހާރިޖީ ވުޒާރާއިން ބުނެފައިވަނީ މަރުވި މީހުންގެ ތެރޭގައި ގިނައީ ތުރުކީއަށް ނިސްބަތްނުވާ ފަތުރުވެރިން ކަމަށެވެ. މަރުވި މީހުންގެ ތެރެއިން 21 މީހެއްގެ ހަށިގަނޑުގެ އައިޑެންޓިޓީ ދެނެގަނެވިފައިވާއިރު އޭގެ ތެރެއިން 16 މީހުންނަކީ ފަތުރުވެރިން ކަމަށާއި އަނެއް ފަސް މީހުންނަކީ ތުރުކީގެ ރައްޔިތުން ކަމުގައި ހާރިޖީ ވުޒާރާއިން ބުނެފައި ވެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ދެމީހަކު ހަތިޔާރާއެކު ޕާޓީގެ ތެރެއަށްވަނީ ސަންޓާ ކްލޯސްގެ ހެދުން އަޅައިގެންނެވެ. އަދި ޖެހުނު ދިމާލަކަށް ބަޑީގެ ހަމަލާތައް ދިނުމަށްފަހު އެ ދެމީހުން ވަނީ ފިލައިފަ އެވެ. މި ހާދިސާގައި ޒަހަމްވި މީހުންގެ އަދަދު އުޅެނީ 70 އަށްވުރެ މަތީގައި ކަމުގައިވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
މި ހާދިސާއާއި ގުޅިގެން ތުރުކީ އެލާޓަށް އައިސްފައިވާއިރު ހަމަލާދިން ދެމީހުން ހޯދުމުގެ މަސައްކަތް ތުރުކީގެ ފުލުހުން އަންނަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް