ފުލުހުންނަށް މަރުގެ އިންޒާރު ދިން މީހަކާއި ޕޮލިސް ސްޓޭޝަން ރޯކޮށްލާނެ ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

ފުލުހުންނަށް މަރުގެ އިންޒާރު ދިން މީހަކާއި ޕޮލިސް ސްޓޭޝަނުގައި ރޯކޮށްލާނެކަމަށް ބުނެ އިންޒާރުދިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ފުލުހުން ބުނީ ފުލުހުންނަށް މަރުގެން އިންޒާރު ދިން މ...

01 Jan 2015 | 15:22

ފުލުހުންނަށް މަރުގެ އިންޒާރު ދިން މީހަކާއި ޕޮލިސް ސްޓޭޝަނުގައި ރޯކޮށްލާނެކަމަށް ބުނެ އިންޒާރުދިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ ފުލުހުންނަށް މަރުގެން އިންޒާރު ދިން މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭގެ އިތުރުން، ގދ. ގައްދޫ ޕޮލިސް ސްޓޭޝަން ހިނގާ އިމާރާތުގައި ރޯކޮށްލާނެ ކަމަށްބުނެ އިންޒާރުދިން މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ 23  އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ރޭ ފަތިހު 04:00 ހާއިރު ކަމަށެވެ. އަދި 20 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިއަދު ހެނދުނު 06:00 ހާއިރު ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު 23 އަހަރުގެ މީހާއަކީ  މަސްތުވާތަކެއްޗާއި ތޫނުހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި، ގްރޫޕްމާރާމާރީ ހިންގުމުގެ ރިކޯރޑްސް އޮންނަ މީހެއް ކަމަށާއި އޭގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު 20 އަހަރުގެ މީހާއަކީ  މަސްތުވާތަކެއްޗާއި ގްރޫޕްމާރާމާރީ އާއި ދަޢުލަތުގެ މުދަލަށް ގެއްލުންދިނުމާއި، ގްރޫޕް މާރާމާރީ ހިންގުމުގެ ކުށުގެ ރެކޯރޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް