މާލޭ ދެކުނުފަރާތު ސަރަހައްދުގައި އަޅާފައި އޮތް ލޯންޗަކުން ފޯނެއް ވަގަށް ނެގި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހން ބުނީ މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 2014 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހުގެރޭ 3:30 ހާއިރު ފޯނު ވަގަށް ނަގައިގެން ފިލަން ދުވަނިކޮށް ކަމަށާއި އޭނާ ހުއްޓުވާ ބަލާ ފާސްކުރި އިރު ވަގަށް ގެންދިޔަ ކަމަށް ބެލެވޭ ސެމްސަންގް ބްރޭންޑްގެ ފޯނު އޭނާގެ ޖީބުން ފެނުނު ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ އޭނާ އަކީ 28 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 17 ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ. އަދި 7 މައްސަލައެއްގައި ދައުވާ ކޮށް 1 މައްސަލާގައި ކުށް ސާބިތުވެ ޙުކުމް ކޮށްފައިވާ މީހެއް ކަމަށާއި އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރުމާއި ވައްކަން ކުރުމާއި މާރާމާރީ ހިންގުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް