ހެޔޮ ބަދަލެއް އަންނާނީ ރައްޔިތުން ފަސާދައާއި ދެކޮޅަށް ތެދުވެގެން ކަމަށް ގާސިމް ވިދާޅުވެއްޖެ

ގައުމުގެ ކޮންމެ ކަމަކަށް ވެސް ހެޔޮ ބަދަލުތައް އަންނާނީ ބޭއިންސާފާއި ފަސާދަ ނައްތައިލަން ފަސްނުޖެހި ރައްޔިތުން  ތެދުވެގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިރުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މ...

01 Jan 2015 | 11:38

ގައުމުގެ ކޮންމެ ކަމަކަށް ވެސް ހެޔޮ ބަދަލުތައް އަންނާނީ ބޭއިންސާފާއި ފަސާދަ ނައްތައިލަން ފަސްނުޖެހި ރައްޔިތުން  ތެދުވެގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިރުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބުރާހީމް ވިދާޅުވެއްޖެއެވެ.

މީލާދީ އާ އަހަރާ ގުޅިގެން ތަހުނިޔާ ވިދާޅުވުމަށް ގާސިމް ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ހެޔޮ ބަދަލުތައް އަންނާނީ ރައްޔިތުން އެމީހުންގެ ފަރުދީ ބައިވެރިވުން އިތުރުކޮށްގެން ކަމަށެވެ. ގާސިމް ވިދާޅުވެފައިވަނީ ހެޔޮ ބަދަލުތައް ގެނެވޭނީ އެންމެން އެކުގައި އަތުގުޅާލައިގެން ކަމަށާއި މާޒީގައި ވެސް ކާމިޔާބު ހާސިލުވެފައި ވަނީ އެ ފަލްސަވާގެ މަތީގައި ކަމަށެވެ.

" މާޒީވެދާ ކޮންމެ އަހަރަކާމެދު ވިސްނައިލުމަކީ އެތައް އިބްރަތަކާ އެތައް ތަޖްރިބާއެއް އަޅުގަނޑުމެންނަށް ލިއްބައިދޭނެކަމެކެވެ. ބުއްދިވެރި ބަހެއްގައި މާޒީއަކީ މުސްތަޤްބަލުގެ މޫނުބަލާ ލޯގަނޑޭ ބުނެއުޅެނީ ވަރަށް ފުން މާނައެއްގައެވެ. ވަކި ފަރުދަކަށްވިޔަސް އަދި ޖަމާޢަތެއް ނުވަތަ ވަކި ޤައުމަކަށް ނިސްބަތްވާ އެތައް ބަޔަކަށްވިޔަސް އެބައެއްގެ ކުރިމަގުގެ ތަޞައްވުރު ކުރެހުމުގައި މާޒީން ލިބިދޭ ފިލާވަޅުތަކަކީ މަގުދައްކައިދޭ އާރުކާޓީއެކެވެ. މުސްތަޤްބަލުގެ ޗާޓު އަޅުގަނޑުމެން ކުރަހަންވާނީ މާޒީން އިބްރަތް ހާސިިލްކޮށްގެންނެވެ. " ގާސިމް ވިދާޅުވެފައި އެވެ.

މި ބަޔާނުގައި އެމަނިކުފާނު ވަނީ އަޅުގަނޑުމެންނާ މި ބައްދަލުކުރި އައު އަހަރުގެ ޕްލޭންތައް ކުރުމަށްޓަކައި ކޮންމެ ފަރުދަކުވެސް އަދި ކޮންމެ ޖަމާޢަތަކުންވެސް އަމިއްލަ ޒަމީރާ ސުވާލުކޮށް ޖަވާބުދޭން ޖެހޭ ކަންތައްތަކެއް އެބަހުރިކަން ފާހަގަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް