ލ. މާމެންދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެރަށު ގެއެއް ބަލައިފާސްކޮށް ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ފުޅިއާ އެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާމެންދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން މާމެންދޫ ގެއެއްގެ ތެރެއިން ރޭ 22:34 ހާއިރު ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 330 އެމް.އެލްގެ ދެ ފުޅި ފެނިފައިވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރަން އުޅުމުން އޭނާ އެވަގުތު ހުރި ގެ ކައިރީގައި ހުރި ފަޅު ގެއެއްގެ ތެރެއަށް ދެ ފުޅިއެއް އެއްލައިލުމުން އެ ފަޅުގެ ބަލައި ފާސްކުރިއިރު ކަމަށެވެ. އަދި މި މައްސަލަ މާމެންދޫ ޕޮލިސް ސްޓޭޝަނުން ތަހުޤީޤު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް