އާ އަހަރު ފާހަގަ ކުރުމުގައި ދުބާއީން މިއަހަރުވެސް ދުނިޔޭގެ ރެކޯޑް ގާއިމް ކޮށްފި

އާ އަހަރު ފާހަގަ ކުރުމުގައި މިދިޔަ އަހަރު އެންމެ ގިނަ ފަޓާސް އަރުވައިގެން ދުނިޔޭގެ ރެކޯޑް ގާއިމްކުރި ދުބާއީން މިއަހަރުވެސް އާ ރެކޯޑެއް ގާއިމް ކޮށްފި އެވެ. ދުބާއީން މިއަހަރު ގާއިމް ކުރީ އެންމެ ގިނަ ލެޑ...

01 Jan 2015 | 03:45

އާ އަހަރު ފާހަގަ ކުރުމުގައި މިދިޔަ އަހަރު އެންމެ ގިނަ ފަޓާސް އަރުވައިގެން ދުނިޔޭގެ ރެކޯޑް ގާއިމްކުރި ދުބާއީން މިއަހަރުވެސް އާ ރެކޯޑެއް ގާއިމް ކޮށްފި އެވެ.

ދުބާއީން މިއަހަރު ގާއިމް ކުރީ އެންމެ ގިނަ ލެޑް ލައިޓް ބޭނުންކޮށްގެން ބުރްޖު ޚަލީފާ ދިއްލާލައިގެންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބުރްޖު ޚަލީފާ ދިއްލާލުމަށް 70 ހާސް ލެޑް ލައިޓް ޕެނަލް ދުބާއީން ބޭނުންކުރި އެވެ. އެ ހަރަކާތް ކުރިއަށް ގެންދިޔައިރު ގިނިސް ވޯލްޑް ރެކޯޑްގެ ޓީމަކުން އެކަން ހިނގަމުންދިޔަ ގޮތް ބަލާފައިވާކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

2014 ވަނަ އަހަރު ދުބާއީން ރެކޯޑް މުގުރާލީ ބިން ހިއްކައިގެން ދުބާއީގައި ހަދާފައިވާ ޕާމް ޖުމެއިރާ އާއި ވޯލްޑް އައިލެންޑްސްގައި ކުރިއަށްގެންދިޔަ ބަޑިބޭހުގެ ކުޅިވަރުތަކުގައި ފަސް މިނެޓް ތެރޭގައި ހަތަރު ލައްކަ އަށްވުރެ ގިނަ ބަޑިބޭހުގެ ދެއްކުންތަކާއި ހަވާއެރުވުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްގެންނެވެ.

އެހެން ނަމަވެސް އެ ރެކޯޑް ވަނީ މިދިޔަ އަހަރުގެ ތެރޭގައި ނޯވޭގެ އަވަށަކުން މުގުރާލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް