އާ އަހަރު ފާހަގަކުރަން އުޅުމުގެ ތެރޭގައި ޗައިނާގައި ފިތިގެން 35 މީހަކު މަރުވެއްޖެ

ޗައިނާގެ ޝަންގްހާއީގައި އާ އަހަރު ފާހަގަ ކުރަން އުޅުމުގެ ތެރޭގައި ފިތިގެން 35 މީހަކު މަރުވެފައިވާކަމަށް އެ ގައުމުގެ މީޑިއާ އިން ރިޕޯޓް ކޮށްފި އެވެ. ޗައިނާގެ ޒިންހުއާ ނޫސް އޭޖެންސީން ބުނެފައިވަނީ ރޭ ޗަ...

01 Jan 2015 | 02:26

ޗައިނާގެ ޝަންގްހާއީގައި އާ އަހަރު ފާހަގަ ކުރަން އުޅުމުގެ ތެރޭގައި ފިތިގެން 35 މީހަކު މަރުވެފައިވާކަމަށް އެ ގައުމުގެ މީޑިއާ އިން ރިޕޯޓް ކޮށްފި އެވެ.

ޗައިނާގެ ޒިންހުއާ ނޫސް އޭޖެންސީން ބުނެފައިވަނީ ރޭ ޗައިނާ ގަޑިން 11:35 ހާއިރު ހިނގި އެ ހާދިސާގައި 35 މީހަކު މަރުވެފައިވާއިރު 42 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާކަމަށެވެ.

މަންޒަރު ދުއް މީހަކާ ހަވާލާދީ ޒިންހުއާގައި ބުނެފައިވަނީ މީހުންތައް ކޮޅުކޮޅަށް ދުވެ ފިތެން ދިމާވީ އާއަހަރު ފާހަގަކުރަން ޝަންގްހާއީގެ ކޯރެއްގެ ކައިރިއަށް އެއްވެ ތިބި މީހުންގެ ތެރެއަށް މަތިން ޑޮލަރު ކަހަލަ އެއްޗެއް އުކަން ފެށުމުން ކަމަށެވެ. ޑޮލަރު ކަހަލަ އެއްޗެހި ތަކެއް އުކަން ފެށުމުން މީހުން ކޮޅުކޮޅަށް ދުވެ އުޅެގަތުމުން ފިތެން ދިމާވީކަމަށް މަންޒަރު ދުއްމީހާ ބުނެފައި ވެއެވެ.

https://twitter.com/primroseriordan/status/550423555708436480

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މަރުވި މީހުންގެ ތެރޭގައި ގިނައީ ޗައިނާގެ ކިޔަވާ ކުދިންނެވެ. ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވަނީ ރޭގެ ހާދިސާ ހިނގަން މެދުވެރިވި ގޮތް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް