ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ބާއްވާ ޝޯއެއްގައި ލަވަ ހުށަހަޅައިދިނުމަށް މަޝްހޫރު އާރުއެންޑްބީ ލަވަކިޔުންތެރިޔާ އޭކަން ރާއްޖެ އައުމަށް ހަމަޖެހިފައިވާކަން މިރޭ އިއުލާނުކޮށްފި އެވެ.
މިކަން އިއުލާނުކޮށްފައިވަނީ ގަލޮޅު ދަނޑުގައި މިރޭ ކުރިއަށްދިޔަ ޓުއަރިޒަމް ކައުންޓް ޑައުން ޝޯގައެެެވެ.
ޝޯއެއް ދިނުމަށް އޭކަން ރާއްޖެ އަންނަނީ ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ދައުވަތަކަށް ކަމަށް ދުވަހަށް މުއުތބަރު ފަރާތަކުން މައުލޫމާތު ދެއްވި އެވެ.އަދި މި ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ އަށްވަނަ ދުވަހުގެރޭ ގަލޮޅު ދަނޑުގައި ކަމަށްވެސް ދުވަހަށް މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވި އެވެ.
އޭކަންގެ ޝޯއެއް ރާއްޖޭގައި ބޭއްވުމަށް މީގެ ކުރިން ހައިރައިޒް އިން ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް އެ ޝޯ ފަހުންވަނީ ޝަބަބުތަކަކާހުރެ ކެންސަލް ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް