Advertisement

އިންކްލޫސިވް އެޑިޔުކޭޝަން ކޯޗުން ތަމްރީނު ކުރުމުގެ ވޯކްޝޮޕެއް ފަށައިފި

07 Jul 2019 | 12:41

އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އިންކުލޫސިވް އެޑިޔުކޭޝަން "ކޯޗުން" ތަމްރީނު ކުރުމުގެ ވޯކްޝޮޕެއް ފަށައިފިއެވެ.

މިއަދު ފެށި މި ވޯކްޝޮޕު ފައްޓަވައިދެއްވީ އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ އެވެ.

މިއަދުން ފެށިގެން ހަތަރު ދުވަހަށް ކުރިއަށް ގެންދާ މި ވޯކްޝޮޕުގައި، ތަމްރީނު ވާނީ ރާއްޖޭގެ ސްކޫލްތަކުގައި މިވަގުތު ތިބި މިދާއިރާއިން އެންމެ ތަޖުރިބާކާރު ޓީޗަރުންނާއި ލީޑިން ޓީޗަރުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މިފަދަ ކުދިންނަށް ކިޔަވައިދޭ ނަމަވެސް މިދާއިރާގެ ތަޖުރިބާ ލިބިފައިވާ ޓިޗަރުން އަދި ފަންނީ ބޭފުޅުންގެ އެހީތެރިކަމަށް ބޭނުންވާ ސްކޫލް ތަކަށް ގޮސްގެން، އެ ސްކޫލްތަކަށް ބޭނުންވާ އިތުރު އެހީތެރިކަން ފޯރުކޮށް ދިނުން ކަމުގައެވެ.

އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ އެކިއެކި ގިންތިތަކުގެ ކުދިންނަށް ކިޔަވައިދެވޭނެ ގޮތްތަކާއި، ފުރަތަމަ މަރުހަލާގައި އުނގެނޭ ވެއްޓަކުން މިފަދަ ކުދިން ދެނެގަންނާނީ ކިހިނެއްތޯ ބައިވެރިންނަށް މި ވޯކްޝޮޕުގައި ކިޔަވައިދެވޭ ބައިތަކުގެ ތެރޭގައި ހިމެނެއެވެ.  އަދި ކިޔަވައިދިނުމުގެ ތަފާތު އުކުޅުތަކާއި، ބެލެނިވެރިން ތަމްރީނު ކުރުމުގެ އުކުޅުތަކުގެ ތަމްރީނު ވެސް ބައިވެރިންނަށް ދެވޭނެއެވެ.

މިތަމްރީނު ފުރިހަމަ ކުރުމަށްފަހު ބައިވެރިން ޖުލައި 18 ވަނަ ދުވަހުން ފެށިގެން އޮގަސްޓް 24 ގެ ނިޔަލަށް ރާއްޖޭގެ އެކި ސްކޫލްތަކަށް ކޯޗުކޮށްދިނުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

އެޑިޓަރުގެ ނޯޓް

Advertisement

ކޮމެންޓް