އިފުރު އެއާޕޯޓުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ ބަނގުރާ ފުޅިތައް ނައްތާލައިފި
ރ. އިފުރު އެއާޕޯޓުން އެކިފަހަރު މަތިން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކާއި، ބިޔަރު ދަޅުތަކެއް ފުލުހުން ނައްތާލައިފިއެވެ.
މިތަކެއްޗަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު 21 އިން މިއަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އެކި ފަހަރު މަތިން އަތުލާގަނެފައިވާ ތަކެއްޗެވެ.
ފުލުހުން ވިދާޅުވީ، އުނގޫފާރު ޕޮލިސް ސްޓޭޝަނުން ނައްތާލާފައިވަނީ ހަތަރު މައްސަލައެއްގައި ހިމެނޭ 175 ބަނގުރާ ފުޅިއާއި 112 ބިޔަރު ދަޅު ކަމަށެވެ.
މިތަކެތި ފުލުހުން ނައްތާލައިފައި ވަނީ އުނގޫފާރު ޕޮލިސް ސްޓޭޝަން ގޯތިތެރޭގައެވެ.