Advertisement

އަދީބު ގެންނާނެ ކަމަށްވީ ވަޢުދު ފުދިއްޖެ: މިނިސްޓަރު އިމްރާން

07 Jul 2019 | 10:13

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ފިލުމުގެ ފުރުޞަތު ނުދީ، ރާއްޖެ ގެނެސް ހުކުމް ތަންފީޒު ކުރާނެ ކަމަށްވީ ވަޢުދު ފުދިއްޖެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާނު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޤާނޫނުތަކުގެ މަޙްފޫމާއި އިންސާނިއްޔަތު ކަމުން ރިޢާޔަތްކޮށް، އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ގެންދިއުމަށްފަހު އަނބުރާގެނެސް، ތަންފީޒުކުރަންޖެހޭ ޙުކުމް ތަންފީޒު ކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އެރުވި ކަމުގައެވެ. އަދި އަދީބު ރާއްޖެ އައުމުން އެ ވަޢުދު ފުދިއްޖެ ކަމަށް ވެސް އެ ޓުވީޓުގައި ވެއެވެ.

ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން އަދީބު އިންޑިއާ އަށް ބޭސްފަރުވާއަށް ވަޑައިގަތީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ.

https://twitter.com/ShimranAb/status/1147490250312179712

އިމްރާން އިތުރަށް ވިދާޅުވީ، މި އޮޕަރޭޝަން ކާމިޔާބު ކަމާއި އެކީ ހިންގުމުގައި، ފުލުހުންނާއި، ކަރެޝަނަލް ސާވިސްގެ ލީޑާޝިޕް އާއި، އޮޕްރޭޝަން ސްޓާފުންގެ ވަރަށް ބޮޑު ދައުރެއް ވާކަމުގައެވެ. އަދި އެބޭފުޅުންނަށް މިނިސްޓަރު ވަނީ ޝުކުރު ދަންނަވާފައެވެ.

ޖުމްލަ ތިން މައްސަލައެއްގައި އަދީބުގެ މައްޗަށް ކޮށްފައިވާ 33 އަހަރުގެ ޖަލު ހުކުމް ކޯޓުން ވަނީ ބާތިލުކޮށްފައެވެ. ނަމަވެސް އަދީބު ބޭސްފަރުވާއަށް ފޮނުވިއިރު ތަންފީޒު ކުރަމުން ދިޔައީ ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑިކަމުގެ މައްސަލައެއްގައި އިއްވި 15 އަހަރުގެ ޖަލު ހުކުމެކެވެ.

ރާއްޖެ ވަޑައިގަތުމަށްފަހު އަދީބު ވަނީ ޒިންމާއިން ރެކިވަޑައިގަތުމާއި ފިއްލެވުމަކީ އުސޫލެއް ނޫންކަމަށް ބުނެ ޓްވީޓެއް ކުރައްވާފައެވެ. އަދި ކުރާ ތުޙުމަތުތަކާއި ގުޅިގެން ހިންގާ ތަޙުޤީޤަށް ކުރިމަތިލައްވާނެ ކަމަށްވެސް ޓުވީޓުގައި ވެއެވެ.

އެޑިޓަރުގެ ނޯޓް

Advertisement

ކޮމެންޓް