Advertisement

ބޮޑުއީދު އެންމެ ފޯރިގަދަ ކޮށްފަހަގަކުރާނެ އެއް ރަށަކަށް ގދ. ގައްދޫ

06 Jul 2019 | 11:55

މިއަހަރުގެ އީދާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ކަހަލަ ގޮތަކަށް ތަފާތު ކުޅިވަޅުތައް ރާވާ ހިންގަމުން ދާއިރު، ގދ.ގައްދޫގައި އީދުތައްޔާރީތައް ދަނީ ވަރަށް ޖޯޝާއިއެކު ކުރިއަށެވެ. ގައްދޫގެ ޖަމްއިއްޔާއެއްކަމުގައިވާ ލާޔާ އެސޯސިއޭޝަން އިން ރަށުކައުންސިލާއި އަދި ރަށުގެ އެހެން ޖަމްއިއްޔާތަކުގެ އެއްބާރުލުމާއި އެކު މިފަހަރު އަލުހާއީދުގެ ގައްދޫ ޒުވާނުން ފާހަގަކުރަނީ "ލާޔާރަޓުއީދާ1440 " ގެނަމުގައެވެ..

ލާޔާއެސޯސިއޭޝަންގެ ފަރާތުން މައުލޫމާތު ދެމުން އީދުގެ ކަންތައް ރޭވުމުގައި އިސްކޮށްހަރަކާތްތެރިވި ބޭފުޅަކު ވިދާޅުވި ގޮތުގައި މި ފަހަރު "ވިޒިޓްގައްދޫ" ގެ މާކެޓިން އިވެންޓެއްގެ ގޮތުގައި ހަބޭސް ބޮޑުބެރު ގުރޫޕާއި ގިނަ އަދަދެއްގެ ފަންނާނުން ހިމެނޭހެން ޝޯއެއް އޮގަސްޓް 14 އަދި 15 ގައި ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ޝޯގައި ބައިވެރިވާ ސެލެބްރިޓީންގެ ތެރޭގައި ރިޝްމީ، ރަވީ، ޖުމާހް، އަޒޭ، ނުޒޫ، މަޖޫ އަދި ޖުމައްޔިލް ހިމެނެއެވެ.

ލާޔާރަޓުއީދާ ގެ ތައްޔާރީތަކުގައި މިހާތަނަށް ވަނީ ތަފާތުހަތަރު އެއްބަސްވުމެއްގައި ސޮއިކުރެވިފައެވެ. އެ ގޮތުން ލާޔާ އެސޯސިއޭޝަން އާއި ރަށުކައުންސިލް އާއި އެކު ގުޅިގެން މަސައްކަތްކުރުމަށް އެމް.އޯ.ޔޫ ގައި ވަނީ ސޮއިކުރެވިފައެވެ. އަދި ފަންނާނުންނާއެކު އެކު ސޮއިކުރެވިފައިވާ އިރު ،ރާއްޖޭގެ މަޝްހޫރު ސައުންޑް އަދި ލައިޓިންގް ހަދައިދޭ ޕޮރޯފުލެކްސް އާއި އެކުވަނީ ސޮއިކުރެވިފައެވެ.

މީގެ އިތުރުން އެބޭފުޅުން ހާމަކުރައްވާ ގޮތުގައި މިފަދައިން މި އީދުގައި ކަންތައް ރާވާ ކުރިއަށް ގެންދިޔުމުގެ ބޭނުމަކީ އެއްބައެއް ،އެއް އާއިލާއެއް ފަދައިން އެކުވެރިކަމާއި އެކު އިޖުތިމާއި ގުޅުންބަދަހިކޮށް އީދުގެ އުފަލުގައި ކުޑަކުދިންނާއި ،ބޮޑެތިމީހުން އަދި ދެ ޖީންސްގެ  އެންމެން ބައިވެރިވުމުގެ ފުރުސަތުހޯދައިދިނުމެވެ.

އަދި މި އިވެންޓްގެ ތައްޔާރިތައް ކުރިއަށް ދާއިރު ރަށުކައުންސިލް ،ރަށުގެ އެހެންޖަމްއިއްޔާތައް އަދި ގައްދޫދާއިރާގެ މެމްބަރ އަދި ރަށު ރައްޔިތުންގެ ފަރާތުން މިހާތަނަށް ލިބެމުން އަންނަ އެއްބާރުލުމަށް އަޅުގަނޑުމެން ބުނާނީ ހަމަ ސަތޭކައޭ" ލާޔާއެސޯސިއޭޝަންގެ ފަރާތުން ވާހަކަދެއްކި ޝިފްރާ ސޯލިހް ވިދާޅުވިއެވެ.

އެޑިޓަރުގެ ނޯޓް

Advertisement

ކޮމެންޓް