Advertisement

ހަދަމުންދިޔަ އިމާރާތެއްގެ ލިފްޓު ކަނޑައިގެން ވެއްޓި ބިދޭސީއަކަށް އަނިޔާވެއްޖެ

06 Jul 2019 | 11:52

ހުޅުމާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ ލިފްޓު ކަނޑައިގެން ވެއްޓި ބިދޭސީއަކަށް އަނިޔާވެއްޖެއެވެ. މި ހާދިސާ  ހިނގާފައިވަނީ މިއަދު ހެނދުނު 09:13 ހާއިރުގައެވެ.

ފުލުހުން ބުނެފައިވާގޮތުގައި މިހާދިސާ ހިނގާފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކު ދެކުނު ފަރާތުގައި ޖާހް އިންވެސްޓްމަންޓުން ހަދަމުންދާ އިމާރާތެއްގެ ހަތްވަނަ ފަންގިފިލާއިން ލިފްޓު ބޭނުންކޮށްގެން އެއްޗެހިތަކެއް ބާލަން އުޅުމުގެ ތެރޭގައި ލިފްޓު ކޭބަލް ކަނޑައިގެން ގޮސް ބިދޭސީ އެމީހާއާއެކު ލިފްޓު ވެއްޓިގެންނެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ބިދޭސީ ފިރިހެނަކަށް ކަމުގައި ފުލުހުން ބުނެއެވެ. އަދި އެމީހާއަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި މި މައްސަލަ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.

އެޑިޓަރުގެ ނޯޓް

Advertisement

ކޮމެންޓް