Advertisement

ޗީފް އޮފް ޑިފެންސް ފޯސް، އިންޑިއާގެ ޑިފެންސް މިނިސްޓަރާއި ބައްދަލުކުރައްވައިފި

05 Jul 2019 | 10:55

އިންޑިއާގެ އަސްކަރިއްޔާގެ ދަޢުވަތަކަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރ ޝްރީ ރަޖްނަތު ސިންގްހާއި ބައްދަލުކުރައްވައިފިއެވެ.

އިއްޔެ ބޭއްވެވި މި ބައްދަލުކުރެއްވެވުމުގައި ދެ ޤައުމުގެ އަސްކަރީ ގުޅުން އިތުރަށް ތަރައްޤީކޮށް ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ފުޅާ ދާއިރާއެއްގައި ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އެމްއެންޑީއެފުން މައުލޫމާތުދެއްވާގޮތުގައި ޗީފް އޮފް ޑިފެންސް ފޯސް އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ، އިންޑިއާގެ ޗެއަރމަން އޮފް ދަ ޗީފް އޮފް ސްޓާފް ކޮމެޓީގެ ދައުވަތަކަށް ކުރައްވާ 5 ދުވަހުގެ ދަތުރުފުޅެކެވެ.  މި ދަތުރުފުޅުގައި އިންޑިއާގެ ނޭޝަނަލް ޑިފެންސް ކޮލެޖް (އެންޑީއައި) އާއި، އިންޑިއާގެ އިންސްޓިޓިއުޓް ފޮރ ޑިފެންސް ސްޓަޑީޒް އެންޑް އެނަލިސިސް (އައިޑީއެސްއޭ) އަށް ޒިޔާރަތްކުރައްވައި، ލެކްޗަރއެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް، އިންޑިއާގެ ޑިފެންސް މިނިސްޓަރާއެކު ބޭއްވެވި މި ބައްދަލުކުރެއްވެވުމުގައި އެމަނިކުފާނުގެ އަރިހުގައި އެމްއެންޑީއެފް ސަރވިސް ކޯގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ސަފީޤު ބައިވެރިވެވަޑައިގެންނެވިއެވެ.

އެޑިޓަރުގެ ނޯޓް

Advertisement

ކޮމެންޓް